ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ބްރިޖް ޓްރެފިކް ލައިޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މެންދުރުފަހު 2:30 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި ނިޔާވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.