ގުޅިފަޅުގައި ހުންނަ އެފްކޮންސް ގެ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސް އަނިޔާވެފައި ވަނީ ހަ މީހަކަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 12:36 ހާއިރު ކަމަށެވެ. އެ ހާދިސާގައި އެކި ގޮތްގޮތުން އަނިޔާ ލިބުނުނ 76 މީހަކަށް ފަރުވާ ދެމުން ދާ ކަމަށް ފުލުހުން ބުނާއިރު، އޭގެތެރެއިން 63 މީހަކަށް ފަރުވާ ދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަދި 13 މީހަކަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައެވެ.
އެ އެކޮމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅުނު އިރު މިއީ މާލެ އާއި ވިލިމާލެ ގުޅާ އަޅާ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ މީހުންނެވެ.
ރޭ ހިނގި މި ހާދިސާގައި އެކޮމަޑޭޝަން ބްލޮކް އެއްކޮށް އަނދާ ހުލިވެފައި ވާ އިރު، ހާދިސާ ހިނގި ހިސާބުން ފެށިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން އަލިފާން ނިއްވަން ވަނީ މަސައްކަޔް ކޮށްފައެވެ. ދަންވަރު 12:30 ހާ އިރު ރޯވި އަލިފާންގަޑު ނިއްވާލެވުނީ ދަންވަރު 2 ޖަހަނިކޮށެވެ.
ހައުސިންގް މިނިސްޓަރު އަސްލަމްގެ ނާގާބިލު ކަމޭ މިއިން އެގިގެންދަނީ އޭނާ އަކީ އެއީ އެއްގޮތަކަށް ވެސް އިންޖިނިއަރެއް ނޫނޭ އޭނާ އަމިއްލަ އަށޭ ތިމަންނާ އަކީ އެއީ އިންޖިނިއަރެެއް ކަމަށް ހެދިގެން އުޅެނީ އޭނާ ކިޔެވީ އެއީ އޯޝަންގްރާފިންގްއޭ އެއީ އަދި އިންޖިނިއަރިންގް އެއް ނޫނޭ އެއީ ވަރަށް ފަސޭހަ ސަބްޖެކްޓެކޭ އޭނާ ޔަގީނުން ވެސް އިންޖިނިއަރިންގް މެތެމެޓިކްސް ކިޔަވާފައި ނެތް ކަން ބްރިޖް އަޅާ ތަން ބަލާލުމުން ފެނެއޭ އަދި ނާދީ އިމާރާތުގެ ދަގަނޑަށް ބަލާލުމުން އެކަން ފެނެއޭ ބަޔަކު ތިޔާ ނާދީ އިމާރާތް ބޮލަށް ވެއްޓިގެން މަރުނުވަނީސް މިކަން އެބަޖެހޭ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވެސް އަޑު އުފުލަން ދެން އޮންނަ ޕީޕީއެމް ޖަލްސާ އެއްގައި މަމެންނަށް ޔަގީނޭ ނާދީ ބިމުގައި އެހެރަ އަޅާ އިމާރާތާއި އޯޑިއޯން ބިމުގައި އެހެރަ އަޅާ އިމާރާތުގެ ކޮލަމްސް ތަކުގެ ދަގަނޑު ހިމަ ކަމުން އެތަން ބޮލަށް ވެއްޓޭނެއޭ ދެވަނަ އަރަބިއްޔާ އިމާރާތޭ ބްރިޖް ބޮލަށް ވެއްޓޭނެއޭ ބޮލަށް ވެއްޓޭނެއޭ ބޮލަށް ވެއްޓޭނެއޭ