އޭޑީކޭ ހޮސްޕިޓަލުން ދޭ ހިދުމަތުގެ އަގުތައް ބޮޑު ކުރަން ނިންމައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ، 2020 ވަނަ އަހަރުން ފެށިގެން އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުން ވަނީ ބޮޑުވެފައި ކަމަށެވެ.

އެގޮތުން އޭޑީކޭ ހޮަޕިޓަލުގެ ހިންގުމުގެ ހަރަދުތައްވެސް އެތައް ގުނައަކަށް ބޮޑުވެގެން ދިއުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އެ ހޮސްޕިޓަލުން ދޭ ހިދުމަތް ފޯރުކޮށްދިނުމަށް ހިދުމަތުގެ އަގު ބޮޑު ކުރަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަގުތަކަށް ބަދަލު އަންނާނީ މި މަހުގެ 15 ދުވަހުން ފެށިގެން ކަމަށް އޭޑީކޭއިން ބުނެއެވެ.

ވީހާވެސް ލުއި ގޮތަކަށް މި ބަދަލު ގެނައުމަށްޓަކައި ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް އޭޑީކޭ އިން ބުނެއެވެ. އަގުތަކަށް އައި ބަދަލުތައް އެ ހޮސްޕިޓަލުގެ ކައުންޓަރުތަކުން ލިބެން ހުންނާނެ ކަމަށް އޭޑީކޭ އިން ބުނެއެވެ.

އޭޑީކޭއިން ދޭ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން ނިންމާފައިވާ އިރު، މިހާރު ހިދުމަތް ދޭ ގޮތަށް އެ އަގުތަކަށް ބަދަލެއް ނައިސް މި މަހގެ 15 ވަނަ ދުވަހާ ހަމައަށް ހިދުމަތް ހޯދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަގުތަކަށް އަންނަ ބަދަލަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޑޮކްޓަރަށް ދައްކަން އާންމު ބަލިތަކުގެ މީހަކަށް ދައްކާ އިރު 200 ރުފިޔާ ދައްކަން ޖެހުނަސް ދެން ދައްކަން ޖެހޭނީ 400 ރުފިޔާއެވެ.