ކ. އަތޮޅުގެ ރިސޯޓެއްގެ ޕޫލަކަށް ވެއްޓި ގެނބުމުގެ ސަބަބުން، ދެ އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 ހާއިރު ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ ކ. އަތޮޅުގެ ރިސޯޓެއްގެ ޕޫލަކަށް އެ ކުއްޖާ ވެއްޓި ގެނބުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި ހާދިސާ ހިނގި ރިސޯޓުގެ ނަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުން ކުޑަކުދިން ސަލާމަތްކުރުމަށްޓަކައި، މޫދަށާއި ޕޫލްތަކަށް ކުދިން ގޮސް އުޅޭ އިރު ބެލެނިވެރިން އިތުރަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.