ބާޒާރުގަައި ތަކެތީގެ އަގު އުފުލުމާ ގުޅިގެން އާންމުން ރުޅިގަދަވެ އެގައުމުގެ ބޮޑުވަޒީރު ޝައިހު ހަސީނާގެ އިސްތިއުފާ އަށް ގޮވާލާ ބޮޑު މުޒާހަރާއެއް ފަށައިފިއެވެ.

ވެރިރަށް ޑާކާގައި ކުރިއަށް ދާ މުޒާހަރާގައި އެތައްހާސް ބަޔަކު ބައިވެރިވާ ކަމަށް ހަބަރުތައް ބުނެއެވެ.

މި މުޒާހަރާގައި ބައިވެރި ވުމަށް ވެރިރަށާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ދެކުނު ބިތުގެ ރަށެއް ކަމުގައި ވާ ނޯކަލީގެ އެތައްހާސް ބަޔަކު ވެސް ވަނީ ދަތުރު ކޮށްފައެވެ.

މު މުޒާހަރާ އަާ ގުޅިގެން ފުލުހުން ވަނީ އިދިކޮޅު ނެޝަނަލިސްޓް ޕާޓީގެ އެތައް ބަޔަކު މިހާރު ހައްޔަރު ވެސް ކޮށްފައެވެ.

މި މުޒާހަރާގައި އިދިކޮޅުން ވަނީ، އެޕާޓީގެ ލީޑަރު ހާލިދާ ޒިޔާ އާއި އޭނާގެ ދަރި ތޯރިގް ރަހްމާން ދޫކޮށްލަންވެސް ގޮވާލާފައި ވެއެވެ. އަދި މި މައްލައާ ގުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރާ އިދިކޮޅު ޕާޓީގެ 7 މެންބަރުންވެސް ވަނީ އިސްތިއުފާ ދީފައެވެ. އެ މެންބަރުން ބުނެފައި ވަނީ ވެރިކަން ކުރާ އަވާމީ ލީގް އިން ސަރުކާރު ހިންގަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށެވެ.

2009 އިން ފެށިގެން ވެރިކަމުގައި ހުންނެވި ހަސީނާގެ މައްޗަށް ކޮރަޕްޝަނާއި ނުފޫޒު ބޭނުން ކުރައްވާ ކަމުގެ ތުހުމަތުތައް ކުރާ އިރު ނިމިދިޔަ 2 އިންތިހާބުގައިވެސް އޭނާ ނުފޫޒު ބޭނުން ކުރެއްވި ކަމަށްވެސް ބުނެއެވެ.

އިދިކޮޅު ޕާޓީން ބުނީ، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އެ ޕާޓީގެ މެންބަރުން 180،000 އެއްހާ މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް އަޅާ ނުލާ ކަމާށާއި އެ މުއްދަތުގެ ތެރޭގައި އެ ޕާޓީގެ 600 އެއްހާ މެންބަރުން ވަގަށް ނަގައި، ސަރުކާރަށް އެނގިގެން 3000 އެއްހާ މީހުން މަރާލާފައި ވާ ކަމަށެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުން، ޑާކާ މުޒާހަރާ އާ ދިމާކޮށް ސަރުކާރުގެ ފަރާތުން 2000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރިއެވެ.