ގަތަރުގައި ހިނގަމުންދާ ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނަ އިރު، ރާއްޖޭގައި ސަޕޯޓަރުންގެ ފޯރި ކުޑައެއް ނޫނެވެ.
ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަޕޯޓް ކުރާ ބްރެޒިލް ކުޅުނު މެޗް ރޭ ދަންވަރު 12 ޖެހި އިރު ފެށިގެން ދިޔައީވެސް އެ ފޯރި ހައްތަހާ ގަދަވާ ގޮތަށެވެ.
މެޗްގެ 7 ވަނަ މިނެޓުގައި ބްރެޒިލްގެ ވިނިސިއަސް ޖޫނިއާ ސައުތު ކޮރެއާގެ ގޯލް ފޫއަޅުވާލުމާއެލު ސަޕޯޓަރުން އުތުރިއެރިއެވެ.
އެއީ މާލޭ އާޓިފިޝަލް ބީޗްގައި އުރީދޫން ހަދާފައިވާ ފޭން ޒޯންއެވެ.
ފުޓްބޯޅައަށް ލޯބި ކުރާ އެތައް ސަތޭކަ ބަޔަކު އެއްވެ ތިބި އާޓިފިޝަލްގެ ފޭން ޒޯންގައި ސަޕޯޓު ކުރުމާއި ލަވަޔާ އެކު ފޯރި ނެގުން ހުއްޓުމެއް ނެތި ކުރިއަށް ދިޔައެވެ.
މެޗުގެ 13 ވަނަ މިނެޓްގައި ނެއިމާގެ ޕެނަލްޓީއެއް ފެނުނު އިރު 29 ވަނަ މިނެޓްގައި ފެނިގެން ދިޔައީ ފޯވަޑް ރިޗާލްސަން މޮޅު ލަނޑެކެވެ. ފުރަތަމަ މެޗުގައި އޭނާ ސާބިއާ ކޮޅަށް ޖެހި ލަނޑަށް މި ލަނޑު ދޫނުކުރެވެ.
އޭނގެ މާ ގިނަ އިރުތަކެއް ނުވެ މިޑްފީލްޑަރު ލޫކަން ޕަކާޓާ ވެސް ވަނީ ހިތްގައިމު ލަނޑެއް ޖަހާފައެވެ.
ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔައީ ބްރެޒިލްގެ ފޯވަޑުންގެ ފަރާތުން އެކަންޏެއް ނޫނެވެ. އެޓީމުގެ ކީޕަރު އެލިސަން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާ ހުޝިޔާރު ސޭވްތަކެއް ކޮށްފައެވެ.
ދެވަނަ ހާފްގައި ސައުތް ކޮރެއާއިން ވެސް ބްރެޒިލް ކޮޅަށް ލަނޑެއް ޖެހި އިރު މިލަނޑަކީ ވެސް ދުރުން ގޯލަށް ޖެހި ރީތި ލަނޑެކެވެ.
ބެރެޒިލް އިން 4-1 ގެ ސްކޯއަކުން ރޭ ސައުތު ކޮރެއާ ބަލި ކުރުމުން ފޭނުންނަށް ލިބިގެން ދިޔަ ޖޯޝާ ފޯރި އިތުރުވިއެވެ. ގަދަ 8 އަށް ބްރެޒިލް ދަތުރު ކޮށްފައި ވާ އިރު، ދެން އެޓީމު ކުޅޭނީ ކްރޮއޭޝިއާ އާއެވެ.
މިފަހަރުގެ ވޯލްޑްކަޕަށް އުރީދޫން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޭން ޒޯންތަކެއް ހަދާ ފުރިހަމަ އަށް ތައްޔާރު ވެފައެވެ. އަދި ވޯލްޑްކަޕާ ގުޅޭ ގިނަ އޮފާތަކާއި ޑިސްކައުންޓްތައް ތައާރަފު ކޮށް އެ ފަސޭހަތައް ވެސް ކަސްޓަމަރުންނަށް ލިބޭނެ ގޮތް ވަނީ ހަދައިދީފައެވެ. ވޯލްޑްކަޕަށް މިފަހަރު އެންމެ ފުރިހަމައަށް ތައްޔާރު ވި އެއް ކުންފުންޏަކީ އުރީދޫ ކަމަށް ވާއިރު، ވޯލްޑްކަޕަށް އުރީދޫން ނެރުނު ލަވަޔަކީވެސް ރާއްޖޭގައި ނެރުނު އެންމެ ރީތި ލަވަވެސް މެއެވެ.