ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ތިން ބޯޓެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ، ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުން އަތުލައިގެންފައި ވަނީ ސްރީލަންކާގެ ތިން ބޯޓެއް ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލު އަދި ހާމަކުރެވެން ނެތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ
ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ.
ފިިޝަރީޒް މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ރާއްޖޭގެ ކަނޑުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރު ގައުމުތަކުގެ އުޅަނދުފަހަރު ދެ މިލިއަން ރުފިޔާ އާއި 40 މިލިއަން ރުފިޔާ އާ ދެމެދު ޖޫރިމަނާކުރާ ގޮތަށް، މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވާއިދެއް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ތަސްދީގު ކޮށްފައެވެ.
ބޭރުގެ މަސް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދަށް ވަދެ ހުރަސްކުރެވޭނީ މިނިސްޓްރީގެ ހުއްދަ އާއި އެކުގައި ކަމަށާއި، ހުއްދަ އާއި ނުލާ އެތެރެވާ އުޅަނދުފަހަރު ޗެކްކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.