އުރީދޫ މޯލްޑިވްސް އިން ދިވެހި އުފެއްދުމެއް ކަމަށް ވާ ޕާޕަލް ލޭން އެޕް - ލޯޔަލްޓީ ރިވޯޑް ޕްލެޓްފޯމާއި ޕާޓްނާ ވެ އެ ޕްލެޓްފޯމް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑާއި އެ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ޕާޕަލް ލޭން އެޕް މެދުވެރިކޮށް ހޯދުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދީފިއެވެ.

ސީހައުސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފް ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑަރެވެ. މި ޕާޓްނާޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެންބަރުންނަށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑު އަދި ކްލަބް ޕްރިމިއާ ޕާޓްނަރުންނާއި އެ ފަރާތްތަކުން ލިބޭ ހާއްސަ ޑިސްކައުންޓްތަކާއި އޮފާތައް ޕާޕަލްލޭން އެޕުން ބަލައިލެވޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އުރީދޫ ޕްލެޓްފޯމްތަކުގެ އިތުރުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލިބޭ ފައިދާތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ޕާޕަލް ލޭނާއެކު ވެވުނު ޕާޓްނާޝިޕަކީ މި ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ. ޕާޕަލް ލޭން އަކީ ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކުން ވިޔަފާރި ކޮށްލުމުން ކަސްޓަމަރުންނަށް ރިވާޑް ދޭ ފުރަތަމަ ދިވެހި ޕްލެޓްފޯމް ކަމަށް ވުމުން އުރީދޫގެ އުންމީދަކީ މި ޕްލެޓްފޯމް ވެސް އިތުރަށް ކުރިއަރާ ފުޅާވެގެން ދިއުން ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި މި ޕާޓްނަޝިޕާއެކު ކްލަބް ޕްރިމިއާގެ މެންބަރުންނަށް ލިބިގެންދާ ހާއްސަ އޮފާތަކާއި އިނާޔަތްތައް އިތުރުކޮށް ޕާޓްނަރުންގެ ޕޯޓްފޯލިއޯ ފުޅާކުރުމަށް ޕާޕަލް ލޭން އާއެކު މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޕަލްލޭން އެޕްގެ ކޯ ފައުންޑަރު އުމަރު ފިކްރީ ވިދާޅުވީ، އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް މިހާރު ޕާޕަލްލޭން އެޕްގެ ޕާޓްނަރުންގެ ވިޔަފާރިތަކުން ހާއްސަ އޮފާތައް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޕާޓްނަރުންނަށް އަދި ކަސްޓަމަރުންނަށް ވެސް އަޅުގަނޑުމެންގެ ލޯޔަލްޓީ ޕްލެޓްފޯމް ބޭނުންކޮށްގެން މުއާމަލާތުކޮށް، އެ ދެފަރާތައް ވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޕަލްލޭން އެޕްލިކޭޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިއަށް ރިވޯޑްސް އަދި ވިޔަފާރިތަކުގެ ލޯޔަލްޓީ ޕްރޮގްރާމާ ކާޑުތައް ފަސޭހަކަމާއެކު އެއްތަނަކުން ދައްކުވައިދޭ ޕްލެޓްފޯމެކެވެ. ޕާޕަލްލޭން މެދުވެރިކޮށް ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ގިފްޓް ކާޑު ދޫކުރުމާއި، ކަސްޓަމަރުންގެ މެދުގައި ޕޮއިންޓް ޓްރާންސްފާ ކުރުމާއި، ކޫޕަން ދިނުމުގެ އިތުރުން އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ އޮފާތައް އިޝްތިހާރު ކުރުމުގެ ވަސީލަތްތައް ފޯރުކޮށް ދެއެވެ. އެ އެޕުން ޕާޓްނާ ވިޔަފާރިތަކުން ކަސްޓަމައިޒްޑް ރިވޯޑްސް ޕްރޮގްރާމް ފަސޭހަކަމާއެކު ކުރިއަށް ގެންދާ އިރު، ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް މިހާރު ހިންގަމުން އަންނަ ޕްރޮގްރާމްތައް ވަގުތުން އެޕަށް އިންޓަގްރޭޓް ކުރެއެވެ. ވިޔަފާރިތަކުން ތައާރަފް ކުރާ މިފަދަ ޕްރޮގްރާމްތަކުގެ ޝަރުތުތަކަށް ބެލުމަށްފަހު ޕޮއިންޓްތައް ކަސްޓަމަރުންނަށް ރިޑީމް ކުރެވޭނެއެވެ.

ކްލަބް ޕްރިމިއާ ހިދުމަތް އުރީދޫ އިން ތައާރަފް ކުރީ ސުރެ، މި ހިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އާ ބްރޭންޑްތަކާއި ޕާޓްނާވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ. ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެއެވެ. މީގެ އިތުރުން ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަކޮށްފައިވާ ކްލަބް ޕްރިމިއާ ލައުންޖުން ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާ އެކު ލިބޭނެއެވެ.