ގަރަތުގައި ކުރިއަށް ދާ ވޯލްޑްކަޕްގައި ކުޅުނު އީރާންގެ ގައުމީ ޓީމު، މުބާރާތުން ކެޓުމުން، ސަރުކާރާ ދެކޮޅު އީރާން ރައްޔިތުން އުފާފާޅުކޮށްފިއެވެ.
އީރާނުގައި ސަރުކާރާ ދެކޮޅު ރޫހެއް އުފެދި ބޮޑެތި މުޒާހަރާތައް ކޮށް ހަމަނުޖެހުން ހިންގާ 450 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާ މި ދަނޑިވަޅުގައި އީރާންގެ ގައުމީ ޓީމު ވޯލްޑްކަޕުން ކެޓީ ހަތުރުވެރި އެމެރިކާ އާ ރޭ ބައްދަލު ކުރި މެޗުންނެވެ. އެމެޗް 1-0 އިން ކާމިޔާބު ކުރީ އެމެރިކާއެވެ.
އީރާން ކެޓުމުން، އުފާފާޅު ކުރި އީރާންގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ، ބާރަށް ބަރުގޮނު އަޅަމުން ވެހިކަލްތައް ދުއްވާފައެވެ.
މިފަހަރު އީރާން ޓީމަށް ސަޕޯޓު ކުރަން އެގައުމުގެ ވަރަށް ގިނަ ރައްޔިތުން ވަނީ ދެކޮޅު ހަދާފައެވެ. އެމީހުން ދެކޮޅު ހަދަނީ، ދާދިދަހުން އީރާނުގައި މަރުވި އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މަރުގެ މައްސަލައިގައި ސަރުކާރާ ހިތްހަމަ ނުޖެހި އުފެދިފައިވާ ރުޅިވެރިކަމުގައެވެ. އެމީހުން ބުނަނީ އީރާންގެ މިހާރުގެ ސަރުކާރު ތަމްސީލު ކުރާ އެއްވެސް ބަޔަކަށް ތާއީދު ނުކުރާނެ ކަމަށެވެ.
ރޭ މެޗުން އިރާން ބަލިވުމުގައި ދަނޑުގެ ބޭރާއި އެތެރެއިން، ދުޝްމަނުންގެ ނުފޫޒު ފޯރިކަމަށް އީރާނުގެ ގައުމީ ޓީވީން ވަނީ ތުހުމަތު ކޮށްފައެވެ.
އީރާން އެންމެ ފުރަތަމަ އިނގިރޭސިންނާ ކުޅެ 6-2 އިން ބަލިވި މެޗްގައި އީރާނުގެ ކުޅުންތެރިން ގައުމީ ސަލާމެއްވެސް ނުކިޔައެވެ. އެ މެޗްގައި ގައުމީ ސަލާމް ނުކިޔީ އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނާ ބައިވެރިވާކަން ދެއްކުމުގެ ގޮތުންނެވެ. ނަމަވެސް ވޭލސް އާ އެކު ކުޅުނު ދެވަނަ މެޗްގައި ގައުމީ ސަލާމް ކިއެވެ. އެމެޗުން އީރާން މޮޅުވީ 2-0 އިންނެވެ.
ފަހު 2 މެޗްގައި ގައުމީ ސަލާމް ކިޔުމުން މުޒާހަރާ ކުރާ ފަރާތްތަކުން ތިބީ ޓީމު ދެކެ ރުޅި އައިސްފައެވެ.
އީރާނުގައި ކުރިއަށޤ ދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކަށް 3 މަސް ވެގެން ދާ އިރު، 18،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
އީރާނުން ތުހުމަތު ކުރާ ގޮތުގައި، މިހާރު ކުރިއަށް ދާ މުޒާހަރާތަކުގެ އަސްލަކީ އެމެރިކާ ކަމަށާއި، އީރާނުގެ އެތެރޭގައި ހަމަނުޖެހުން ހިންގާ މަސްލަހަތު ނަގާލަނީ ސީދާ އެމެރިކާ ކަމަށެވެ.
މަހީކުރީ އީރާން މީހުންނަކީ ވ ބޯހަމަ ޖެހޭ ބައެކޭ އެކަމް މީހަމަ ނާތަހުޒީބު ބައެއް ސަރުކާރާ ދެކޮޅު ވިޔަސް މިކަހަލަ ކަމެއްގަ ސިޔާސީ ރިބަން ބަންނާކަށް ނުޖެހޭ ދޯ ގަމާރު ބައެއް