އެޗްޑީސީއިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސްމާޓްކޮމް ފެއާގައި ކާބޯތަކެތީގެ ސްޓޯލްތައް ހެދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ބުނީ އެ ފެއާ ކުރިއަށް ދާނީ ޑިސެންބަރު 2 ވަނަ ދުވަހުގެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށާއި އެގޮތުން އެ ދުވަހުގެ ހަވީރު 4 އިން 6 އަށް އަދި 8 އިން 10 ޖެހުމާ ހަމައަށް ކަމަށެވެ.

އެ ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެ ނޫންވެސް ޑިޖިޓަލް ޕްލެޓު ފޯމުތައް ބޭނުންކުރާ ގޮތާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެއްކަންވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ވަނީ ސްމާޓްކޮމް ފެއާ ކުރިއަށްދާ ސަރަހައްދުގައި ކާބޯތަކެތީގެ ސްޓޯލްއެއް ހަދަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 12 ގެ ކުރިން ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް އެދިފައެވެ.