ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް 2022 އިން ކެޓި ފުރަތަމަ ޓީމަކަށް ގަތަރު ވެއްޖެއެވެ. ގަތަރު މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖްގައި އަދި އެއް މެޗު ކުޅެން ބާކީ އޮއްވާއެވެ.

އެޓީމުން ވެގެން ގޮސްފައިވާ މިވަނީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް އެއް މެޗު ބާކީ އޮއްވާ މުބާރާތުން ކެޓި ފުރަތަމަ ޓީމަށެވެ.

ހޯސްޓް ނޭޝަން ގަތަރު މުބާރާތުން ކެޓީ މިރޭ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުގައި ސެނެގާލް އަތުން އެޓީމު 3-1 އަކުން ބަލިވެ ދެން ކުޅުނު މެޗުގައި ނެދަލޭންޑްސްއާއި އެކުއަޑޯއިން އެއްވަރުވުމުންނެވެ.

ނެދެލޭންޑްސްއާއި އެކުއަޑޯއަށް 4 ޕޮއިންޓް ލިބިފައިވާ އިރު ސެނެގާލްއަށް މިވަނީ 3 ޕޮއިންޓް ލިބިފައެވެ. އަދި ހޯސްޓް ގަތަރަށް އެންމެ ޕޮއިންޓެއް ވެސް ނުލިބެއެވެ.

ދެން އެޓީމުން ނެދަލޭންޑްސްއާއި ކުޅެން ޖެހޭ އިރު އެމެޗުން މޮޅުވިޔަސް އެޓީމަށް އެންމެ ގިނައިން ލިބޭނީ ތިން ޕޮއިންޓެވެ.

ފުރަތަމަ މެޗުން އެކުއަޑޯ އަތުން 2-0 އަކުން ބަލިވި ގަތަރުވެފައިވަނީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް ހުޅުވުމުގެ މެޗުން ބަލިވި ފުރަތަމަ ހޯސްޓް ގައުމަށެވެ.