އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނިއޯން ބޭކަރީގައި މަސައްކަތް ކުުރާ ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މައުވެފައި އޮއްވާ ފެނިފައިވަނީ މުހުސިން ނަމަކަށް ކިޔާ 39 އަހަރުގެ ބިދޭސީއެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެމީހާ މަރުވެފައި އޮތްކަން އެނގުނީ މިއަދު މެންދުރު ކާން ގޮވުމުން ހަރަކާތެއް ނެތުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިއްޔެ ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް ދިޔަ ގޮތަށް ރޭ މެންދަމު ހަތަރުގަޑި ސާޅީސް ވީއިރު ވެސް އުޅުނީ ހޭލާއެވެ. އަދި ނިދުމުގެ ކުރިން އޮތީ މީހަކާ ފޯނުން ވާހަކަ ދައްކަން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭނާ މަރުވި ސަބަބެއް އަދި ސާފެއް ނުވެއެވެ.