ވޯލްޑް ކަޕަށް ހާއްސަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި 210 ފޭން ޒޯން އުރީދޫ މޯލްޑިވްސްއިން ގާއިމް ކޮށްފިއެވެ.

އުރީދޫން ބުނީ، ފީފާ ވޯލްޑް ކަޕް 2022 މިރޭ ފަށާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 210 ފޭން ޒޯން ގާއިމު ކޮށްފައި ވަނީ އުރީދޫގެ ޕާޓްނަރުންނާ ގުޅިގެން ކަމަށެވެ. މި ފޭން ޒޯންތަކާއެކު ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ސަޕޯޓަރުންނަށް ވެސް ކުލަގަދަ އަދި އުފާވެރި ތަޖުރިބާއެއް ލިބިގެން ދާނެ ކަމަށް އުރީދޫން ބުނެއެވެ.

އެގޮތުން މީޑިއާނެޓާއި ކައުންސިލްތަކާއި އެހެނިހެން ޕާޓްނަރުންނާ ގުޅިގެން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އުރީދޫގެ ފޭން ޒޯންތަކެއް ތައްޔާރު ކޮށްފައިވާ އިރު އާއިލާ އާއި ރައްޓެހިންނާއެކު ނުވަތު ޓީމުތަކުގެ ސަޕޯޓަރުން އެއްވެލައިގެން މެޗްތައް ފޯރީގައި ބަލާލުމުގެ ފުރުސަތު އެ ފޭން ޒޯންތަކުން ކަސްޓަމަރުންނަށް ފަހި ވެގެން ދާނެ ކަމަށް އުރީދޫން ބުނެއެވެ.

ވޯލްޑް ކަޕް މެޗް ބަލަން ގާއިމްކޮށްފައިވާ ފޭން ޒޯނެއް

މީގެ އިތުރުން ވެސް ވޯލްޑް ކަޕާ ދިމާކޮށް އުރީދޫން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް މަޖާ އަދި ކުލަގަދަ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި ތަފާތު އޮފާތަކާއި ޕްރޮމޯޝަންތަކެއް ވަނީ ފަށާފައެވެ.

ތައާރަފްކުރި ޕެކޭޖުތަކުގައި ހިމެނޭ ވޯލްޑް ކަޕް ޕެކްއިން އެންމެ 250 ރުފިޔާއަށް މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް 100 ޖީބީ ޑޭޓާ އާއި މީޑިއާނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނަށް 30 ދުވަހުގެ ސަބްސްކްރިޕްޝަން ލިބެއެވެ. އަދި އުރީދޫ މޮބައިލް އަދި ސުޕަނެޓް ކަސްޓަމަރުނަނަށް އެ ޕެކް އެކްޓިވޭޓް ކޮށްލުމުން ލިބޭ ކޯޑް އެމް އެސް އެޕްގައި ޖެހުމުން މޮބައިލް އަދި ސުޕާނެޓް ވައިފައި މެދުވެރިކޮށް ފޯނު އަދި ޓެބްލެޓް ތަކުގައި މެޗްތައް ފަސޭހަކަމާއެކު ބެލޭނެ ކަމަށް އުރީދޫއިން ބުނެއެވެ.