މިއުޒިކް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ގްރެމީ"ގެ ނޯމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ހިމެނިއްޖެއެވެ.

ނުވަ އެވޯޑުގެ ނޮމިނީޝަން އާއެކު ރޭޙުގެ އެންމެ ކުރީގައި ބިޔޯންސޭ ހިމެނޭއިރު އޭނާ އާއި އެންމެ ގާތުން ވާދަކުރަނީ ލަވަކިޔުންތެރިޔާ އެޑަލް އެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 65 ވަނަ ގްރެމީ އެވޯޑުގެ ނޯމިނޭޝަންސްގެ ތާރީހުގައި ބިޔޯންސޭ ވަނީ 88 އެވޯޑަށް ނޮމިނޭޓްވެފައެވެ.

ބިޔޯންސޭ ވާދަކުރާ އެވޯޑުތަކަކީ ރެކޯޑް އޮފް ދަ އިޔާ، އަލްބަމް އޮފް ދަ އިޔާ، ސޯންގް އޮފް ދަ އިޔާ، ބެސްޓް ޑާންސް/އިލެކްޓްރޯނިކް ރެކޯޑިން، ބެސްޓް ޑާންސް/އިލެކްޓްރޯނިކް މިއުޒިކް އަލްބަމް، ބެސްޓް އާރް އެންޑް ބީ ޕާފޯމަންސް، ބެސްޓް ޓްރެޑިޝަނަލް އާރް އެންޑް ބީ ޕާފޯމަންސް އަދި ބެސްޓް ސޯންގް ރިޓަން ފޮ ވިއުޝަލް މީޑިއާގެ އެވޯޑެވެ.

ބިޔޯންސޭ ނޯމިނޭޓްވި ކެޓަގަރީގެ ތެރޭގައި އެންމެ ޝަރަފުވެރި އެވޯޑު "އަލްބަމް އޮފް ދަ އިޔާ" އިން އޭނާ އާއި އެންމެ ގާތުން ވާދަކުރާ ލަވަކިޔުންތެރިންނަކީ "ހެރީ ސްޓައިލްސް ގެ "ހެރީސް ހައުސް"ގެ އިތުރުން ލިޒޯގެ "ސްޕެޝަލް" އާއި އެބާގެ "ވޮޔޭޖް" އާއި ބޭޑް ބަނީގެ "އުން ވެރޯނީ ސިން ތީ" އަދި މެރީ ޖޭ ބްލައިޖްގެ "ގުޑްމޯނިން ގޯޖަސް" އެވެ. ބިޔޯންސޭގެ އަލްބަމަކީ ރިނޭސޯންސް" އެވެ.