އަންނަ އާދިއްތަ ދުވަހު ފަށާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތާއި ދިމާކޮށް މެޗުތައް ކުޅޭ ސްޓޭޑިއަމްތަކާއި އެތަންތަނުގެ ކައިރިން ރާ ވިއްކުން ހުއްޓާލައިފިއެވެ.
ގަތަރުގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނާ ގޮތުން މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުން ދެން ލިބޭނީ ނޮން-އަލްކޮހޯލިކް (ނުވަތަ ރާ އެކުލެވިގެންނުވާ) ބުއިންތަކެވެ.
ގަތަރަކީ ވޯލްޑްކަޕް މުބާރާތް ބާއްވާ ފުރަތަމަ މުސްލިމް ގައުމަށްވާ އިރު ގަތަރުގައި އާންމު ތަންތަނުގައި ރާ ބޮއި ހެދުމަކީ އެގައުމުގެ ގާނޫނުތައް މަނާކުރާ ކަމެކެވެ.
ގަތަރުގެ މި ނިންމުމާ މެދު ފީފާއިން ބުނެފައިވަނީ ސްޓޭޑިއަމްތަކުން ރަ ހިމެނޭ ބުއިންތައް ނުވިއްކާ އިރު ޓީމުގެ ސަޕޯޓަރުން ތިބެން ހަދާފައިވާ ޖަގަހަފަދަ ތަންތަނުގައި ރަލުގެ ބުއިންތައް ލިބެން ހުންނާނެ ކަމަށެވެ.
މިފަހަރުގެ ވޯލްޑްކަޕް ގަތަރުގައި ބާއްވާތީ ހިތްހަމަނުޖެހިފައި ތިބި ހުޅަނގުގެ ބައެއް ގައުމުތަކުން މިކަމުގައި ނުރުހުން ފާޅުކުރާނެ ކަމަށް ބެލެވޭ އިރު އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކޮށް ހެދުމަށް ޖާގަ ނުދޭނެ ކަމަށް ވެސް ގަތަރުން މީގެ ކުރިން ވަނީ ބުނެފައެވެ.
މިގޮތުން، ގަތަރު 2022 ގެ ހެޑް އޮފް ސެކިއުރިޓީ އަބްދުﷲ އަލް ނަސާރީ ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގުމަށް ގޮވާލާ ހަރަކާތްތައް ހިންގަން ޖެހޭނީ އެފަދަ ކަންކަން ގަބޫލުކުރާ މުޖްތަމައުއެއްގައި ކަމަށާއި 28 ދުވަހަށް ގަތަރުގެ ދީން ބަދަލު ނުކުރާނެ ކަމަށެވެ. އަދި ސްޓޭޑިއެމްގެ ތެރޭގައި މިފަދަ ކަންކަމަށް ހިތްވަރުދޭ ފަދަ ދިދައެއް އެއްޗެއް ވިހުރުވާ ސަޕޯޓަރެއްގެ އަތުން އެދަދި އަތުލާނީ އޭނާގެ ރައްކަލަކަށް ކަމަށާއި އެހެން ސަޕޯޓަރެއްގެ ހަމަލާއިން ދިފާއުކުރުމަށް ކަމަށް ވެސް ނަސާރީ ވިދާޅުވިއެވެ. އޭނާ އިތުރު ވިދާޅުވީ، ޓިކެޓް ނަގައިގެން ސްޓޭޑިއަމްއަށް ވަންނަނީ މެޗު ބަލަން ކަމަށާއި މުޒާހަރާ ކުރަން ނޫން ކަމަށެވެ.
މިގައުމުގެ ވެރިން މިނިސްޓަރުން ހޭނެތިދާނެ ޔޫރަޕް ކުދިންގެ ހައްގުތަޢް ނިގުޅާގަންނާތީ.