މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިމަހު 10 ވަނަ ދުވަހުގެރޭ ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ ހުނޭސާ އާދަމް ނަސީރު (ހުނޫ) ދޫކޮށްލައިފިއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި ހުނޫ ދޫކޮށްލީ އިއްޔެއެވެ.

މި މައްސަލާގައި ފިލްމީ ތަރި އައިމިތު ރިޝަފާ ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާ ވަނީ ދޫކޮށްލާފައެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހުނޫ މީގެ ކުރިން ވެސް ހައްޔަރު ކޮށްފައި ވެއެވެ. މިދިޔަ މާޗް މަހު ފަހުކޮޅު ހުނޫ ހައްޔަރުކުރި ނަމަވެސް، އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި ޖުލައި މަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.

މިމަހު 10 ވަނަ ދުވަހު ރޭ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ހައްޔަރުކުރީ އަށް ފިރިހެނަކާއި ހަތަރު އަންހެނުންނެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށެވެ.