ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު މިއަހަރު ވެސް ރާއްޖެއިން ކާމިޔާބު ކޮށްފިއެވެ.

މިއީ ޖެހިޖެހިގެން މި އެވޯޑް ރާއްޖެއިން ހޯދި ތިންވަނަ ފަހަރެވެ.

އޮމާންގެ ވެރިރަށް މުސްކަޓްގައި ބޭއްވި ވޯލްޑް ޓްރެވެލް އެވޯޑް (ޑަބްލިއުޓީއޭ)ގެ އެންމެ ފަހު ހަފްލާގައި މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ސީއީއޯ ތޮއްޔިބު މުހައްމަދެވެ.

ޑަބްލިއުޓީއޭ އިންޑިއާ ކަނޑުގެ ކެޓަގަރީން ރާއްޖެއިން ހޯދި އެވޯޑުތައް

  • އިންޑިއަން އޯޝަން ލީޑިން ރިސޯޓް: ވައްކަރު މޯލްޑިވްސް
  • އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑް: އެމްއެމްޕީއާރްސީ
  • އިންޑިއަން އޯޝަން ލީޑިން އެއާޕޯޓު: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)
  • އިންޑިއަން އޯޝަން ލީޑިން އެއާޕޯޓު ހޮޓެލް: ހުޅުލެ އައިލެންޑް ހޮޓެލް
  • އިންޑިއަން އޯޝަން ލީޑިން ބޮޓީކު ރިސޯޓް: ފުށިފަރު މޯލްޑިވްސް
  • އިންޑިއަން އޯޝަން ލީޑިން ޑައިވް ރިސޯޓް: ކޮންސްޓެންސް މޯލްޑިވްސް
  • އިންޑިއަން އޯޝަން ލީޑިން ފެމިލީ ރިސޯޓް: ކުރުނބާ މޯލްޑިވްސް
  • އިންޑިއަން އޯޝަން ލީޑިން ލީދިން ހަނީމޫން ރިސޯޓް: ޖަ މަނަފަރު
  • އިންޑިއަން އޯޝަން ލީޑިން ހޮޓެލް: ކޮންރަޑް މޯލްޑިވްސް ރަންގިލި އައިލެންޑް
  • އިންޑިއަން އޯޝަން ލީޑިން ހޮޓެލް ސޫޓް: ވައްކަރު މޯލްޑިވްސްގެ ވޯޓާ ވިލާތައް
  • އިންޑިއަން އޯޝަން ލީޑިން ލެއިޝާ ހޮޓެލް: އަނަންތަރަ ވެލި މޯލްޑިވްސް ރިސޯޓް
  • އިންޑިއަން އޯޝަން ލީޑިން ލަގްޝަރީ ހޮޓެލް: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮންމުލި ރިސޯޓުގެ "ޖޯން ޖޭކޮބް އެސްޓޯ" ހޮޓެލް
  • އިންޑިއަން އޯޝަން ލީޑިން ލަގްޝަރީ އައިލެންޑް ރިސޯޓް: ވާލްޑޯފް އެސްޓޮރިއާ މޯލްޑިވްސް އިތާފުށި
  • އިންޑިއަން އޯޝަން ލީޑިން ލަގްޝަރީ ރިސޯޓް: ސެއިންޓް ރެޖިސް މޯލްޑިވްސް ވޮންމުލި ރިސޯޓް
  • އިންޑިއަން އޯޝަން ލީޑިން ޓުއާ އޮޕަރޭޓާ: ގެޓް އިންޓު މޯލްޑިވްސް ޓްރެވެލްސް
  • އިންޑިއަން އޯޝަން ލީޑިން ނިއު ރިސޯޓް: ޖުމޭރިއާ މޯލްޑިވްސް އޮޅަހަލި އައިލެންޑް
  • އިންޑިއަން އޯޝަން ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް: ވެލާ ޕްރައިވެޓް އައިލެންޑް
  • އިންޑިއަން އޯޝަން ލީޑިން ސީޕްލޭން އޮޕަރޭޓާ: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
  • އިންޑިއަން އޯޝަން ލީޑިން ޓްރެވެލް އޭޖެންސީ: ސިމްޕްލީ މޯލްޑިވްސް ހޮލިޑޭސް
  • އިންޑިއަން އޯޝަން ލީޑިން ވިލާ ރިސޯޓް: ގްރޭންޑް ޕާކް ކޮއްދިއްޕަރު
  • އިންޑިއަން އޯޝަން ލީޑިން ވޯޓަ ވިލާ ރިސޯޓް: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • އިންޑިއަން އޯޝަން ލީޑިން މޯސްޓް ރޮމޭންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް

މި އަހަރުގެ އެވޯޑު ރާއްޖެއިން ކާމިޔާބު ކޮށްފައި ވަނީ ދުނިޔޭގައި ފާހަގަކޮށްލެވޭ މަންޒިލްތައް ކަމަށްވާ ދުބާއިީ އާއި އިންޑޮނީޝިއާ ފަދަ ގައުމުތައް ހިމެނޭހެން 18 ގައުމަކާ ވާދަކޮށްގެންނެވެ. މިއީ ރާއްޖެއަށް ޖެހިޖެހިގެން ތިން އަހަރު މިފަދަ ޝަރަފުވެރި ލަގަބެއް ލިބުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އިތުރުން މި އަހަރުގެ ޑަބްލިއުޓީއޭގެ ގިނަ އެވޯޑުތަކެއް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި، "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން" އާއި، "އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން" އަދި "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން" ހިމެނެއެވެ. އެގޮތުން މި އަހަރުގެ "ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް" އެވޯޑް ކާމިޔާބުކޮށްފައި ވަނީ އެމްއެމްޕީއާރްސީންނެވެ. އަދި ދުނިޔޭގެ އެންމެ މަގްބޫލު ސީޕްލޭން އޮޕެރޭޓަރަށް ދޭ "ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ" އެވޯޑު ހާސިލްކޮށްފައި ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް އިންނެވެ.