ހ. ކަރަންކާ މަގުގައި ހުރި ފަޅުގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހ. ސާޒް ނަމަކަށް ކިޔާ ގެއެއްގައި ހުނި ކުނިތަކެއްގައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފުން މިރޭ 09:23 ގައި ހަރަކާތްތެރި ވެ ގާތްގަނޑަކަށް 19 މިނެޓް ތެރޭގައި، މިރޭ 09:42 ހާއިރު މި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު ރޭ ދަންވަރު ވެސް ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައި ވާ އިރު އެއީ ހުސް ބިދޭސީންނެވެ.

ރޭގެ ހާދިސާގައި ފިހުނު މީހަކަށް އައިޖީއެމްއެޗުގައި މިހާރުވެސް ފަރުވާ ދެމުން އެބަދެއެވެ.

އެހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.