ލޯބިވާ މީހެއް ތިމާ ދޫކޮށްލާފައި ދިޔުމަކީ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރުވާ ކަމެކެވެ. ބައިވެރިޔާ ތިމާ ދޫކޮށް ދިޔުމުން ކެއިން ބުއިމުން އެކަހެރިވެ އަބަދު ކޮޓަރީގައި އޮވެ ހިތާމަކުރުމަކީ ގިނަ ބައެއްގެ އާދައެކެވެ.

ޕޫވީ ނަމަކަށް ކިޔާ މި ޒުވާނާގެ ލޯބިވެރިޔާ ޕޫވީ ދޫކޮށްލާފައި ދިޔައީ އޭނާގެ ސިފަ ހުތުރުވެގެންނެވެ. މާބޮޑަށް ޕޫވީ ފަލަވުމުންނެވެ. ލޯބިވެރިޔާ ދޫކޮށް ދިޔުމުން ޕޫވީ އެކަމާ ހިތާމަކުރި ނަމަވެސް ރައްދު ދިނީ ވަރަށް ސަޅި ގޮތަކަށެވެ. އޭނާ ވަނީ އޭނާގެ ލޯބިވެރިޔާ ދޫކޮށް ދިޔުމުން ޖިމަށް ގޮސް މުޅި މީހާ ހިއްކާލާފައެވެ. އޭރު ބަރުދަނުގައި 139 ކިލޯ ހުރި ޕޫވީ ގައިގައި މިހާރު ހުންނަނީ 69 ކިލޯއެވެ.

ޕޫވީ ބުނީ ފަލަކަމުން ލޯބިވެރިޔާ ދޫކޮށް ދިޔުމުން ވަރަށް ބޮޑަށް ދެރަވި ކަމަށާއި ނަމަވެސް ސިފައަށް ބެލުމަށްފަހު މީހަކު މީހަކާ ރުޅިވުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. މީހާގެ ހަގީގީ ރީތި ކަމަކީ ސިފަ ނޫންކަމަށާއި އޭނާގެ އުޅުން ކަމަށް ޕޫވީ ވަނީ ބުނެފައެވެ. އެކަން އޭނާ އަށް ވިސްނުމުން ހިތާމަ ކުރުން ދޫކޮށްލުމަށްފަހު އާ އަޒުމަކާއެކު ޖިމަށް ގޮސް ކަސްރަތު ކުރަން ފެށި ކަމަށާއި އަދި ދުވަސްކޮޅަކުން އޭނާއަށް އޭނާގެ މަގްސަދު ހާސިލްވީ ކަމަށެވެ. އޭނާ ވަނީ ބަރުދަނުން 70 ކިލޯ ލުއިކޮށްލާފައެވެ.

ކަސްރަރުކޮށް ބޮޑީބިލްޑް ވެސް ކުރި ޕޫވީ ވަނީ އޭނާގެ އެހާރާއި މިހާރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ފޮޓޯ ހިއްސާކުރަމުން އޭނާ ބުނީ އެއީ ކުރީގެ ލޯބިވެރިޔާ އަށް އޭނާ ދިން ރައްދެއް ކަމަށެވެ. ޕޯސްޓަށް ކޮމެންޓްކޮށްފައިވާ ގިނަ ބަޔަކު ބުނީ ޕޫވީގެ ކުރީގެ ލޯބިވެރިޔާ، ޕޫވީ ދޫކޮށްލުމުން މިހާރު ހުންނާނީ މޮޔަ ހިތަށް އަރާފައި ކަމަށެވެ. އަދި އެ އަންހެން މީހާ އަލުން އެނބުރި ޕޫވީ ކައިރިއަށް އަންނާނެ ކަމަށެވެ.