މީހުންނަށް ލަނޑުދިނުމަކީ ބައެއް މީހުން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. މީހުންނަށް ލަނޑުދޭން ވަރަށް މޮޅެތި ޕްލޭންތައް ކޮށްގެން އެ ހާސިލްވާ ފަހަރާއި ހާސިލް ނުވާ ފަހަރުވެސް އާދެއެވެ. ބައެއް ފަހަރު ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރޭތަން ވެސް އާދެއެވެ. މިއޮތީ އެފަދަ ވާހަކައެވެ.
ލޯބިވެރިޔާ އާއެކު ސައިކަލުގައި ދުއްވާފައި ދަނިކޮށް މަގުގެ އެއްކައިރިން ސައިކަލުގައި ދުއްވާފައި ދާ މީހެއް ވައްޓާލުމުގެ ނިޔަތުގައި ފައިން ޖަހާ ވައްޓާލަން އުޅުމުގެ ތެރޭގައި އަންހެން މީހާގެ ހަށިގަނޑު ބެލެންސްނުވެ ވެއްޓޭ މަންޒަރުގެ ވީޑިއޯ އެއް ވަނީ މިހާރު އިންޓަނެޓުގައި ވައިރަލް ވެފައެވެ. މި ވީޑިއޯ އިން ފެނިގެން ދަނީ ވަރަށް ހަމަޖެހިލައިގެން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހެއް ގައިގައި އަންހެނަކު ޖަހަން ފައި ހިތްލައިލި މަންޒަރެވެ. އަދި އެ މީހާ ގައިގައި ނުޖެހި އަމިއްލަ މީހާ ވެއްޓޭ މަންޒަރެވެ.
އަންހެން މީހާ ފައިން ޖަހާ ވައްޓާލަން އުޅުނު މީހާ އަށް އެކަމުގެ އެއްވެސް ހިލަމެއް ނުވެ ކުރިއަށް ސައިކަލް ދުއްވާފައިދާ މަންޒަރު ފެނެއެވެ. އަންހެން މީހާ ވެއްޓުމާއެކު ސައިކަލް ދުއްވަން އިން މީހާ ވަނީ ވަގުތުން ސައިކަލް އެއް ކައިރިއަށް ޕާކަށް ޖެހުމަށް ފަހު އަންހެން މީހާ ނަގަން އެހީތެރިވެ ދީފައެވެ. މި ވީޑިއޯ ކްލިޕް ވައިރަލް ވެފައި ވާއިރު ގިނަ މީހުން ވަނީ އެއަށް ކޮމެންޓް ކޮށްފައެވެ. އެއްބައިމީހުން ބުނީ އެމީހުން ކުޑައިރު ވީޑިއޯ ގޭމް ކުޅޭއިރު ވެސް އެހާ ފެންވަރު ދަށް ނޫންކަމަށެވެ. އަނެއް ބައި މީހުން ބުނަނީ އަންހެން މީހާ އަށް އެވީ ހަމަ ވާންވީ ގޮތް ކަމަށެވެ. އަނެއް ބައި މީހުން ބުނަނީ އެއީ ލަނޑެއް ކަމަށެވެ.
ތީބޮޑުވަރު ހަމަ ލިޔާނެ އެއްޗެއް ނުފެންނަނީތަ؟ ހީވަނީނޫން ޔަގީން ނޫސްވެރިކަމުގެ ދާއިރާއިން އެކައްޗެއްވެސް ނޭގެ ދެން ކަމަކަށް ކަމެއް ކޮއްލަނީ. އެކަމަކު ތިނޫސް ހިންގުމުގައި އިސްކޮއްތިބީ އެހެން މީހުންގެ ޙިޔާލާއިއެކު ކުރިޔަށް ދިއުމުގެ ޤާބލުކަންހުރި ބޭފުޅުންހެންހީވޭ