ޓެންޒޭނިއާގެ ޕްރެސިސަން އެއާގެ މަތިންދާބޯޓެއް ޖައްސަން އުޅުމުގެ ތެރޭގަައި ކޯރަކަށް ވެއްޓި 19 މީހަކު މަރުވެއްޖެއެވެ. ބޯޓުން ދަތުރު ކުރި 43 މީހުންގެ ތެރެއިން 26 މީހަކު ސަލާމަތް ވި މިހާދިސާގައި ބޯޓުގެ 2 ޕައިލެޓުން މަރުވެފައި ވާ ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް ބޯޓު ވެއްޓުނު ވިކްޓޯރިއާ ކޯރު ކައިރީގައި ދިއިރުޅޭ ބައެެއް އާންމުން ބުނެފައި ވާ ގޮތުގައި، ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކޯރަށް ވެއްޓުނު ވަގުތު ޕައިލެޓުން ކޮކްޕިޓުގައި ތިބެ އާންމުންނާ ވާހަކަ ދެއްކިއެވެ.

ނަމަވެސް މިހާރު އެ ބޯޓުގެ ފަހަތުކޮޅު ނޫނީ ފެނުން މަތީގައި ނެތް އިރު ކޯރު ތެރެއަށް ބޯޓު ފެތުމާއެކު ޕައިލެޓުންވެސް މަރުވީ ކަމަށް ބެލެވޭ ކަމުގައި އެގައުމުގެ ބޮޑުވަޒީރާ ހަވާލާދީ ބީބީސީ ރިޕޯޓު ކުރެއެވެ.

މީހުން ސަލާމަތް ކުރުމުގެ މަަސައްކަތް ކުރާ ފަރާތްތަކާއި އާންމު މަސްވެރިން ބޯޓު ކައިރިއަށް ގޮސް ތާށިވެފައި ތިބި މީހުން ނެރެވެތޯ މަސައްކަތް އެބަކުރެއެވެ.

ބޯޓު ވެއްޓުނު ސަބަބު އަދި ދެނެގަނެވިފައި ނުވާ އިރު މި ބޯޓު ވެއްޓުނީ ޓެންޒޭނިއާގެ ބުކޯބާ އެއާޕޯޓު ކައިރީގައި އޮންނަ ކޯރަށެވެ.

ކެންޔާ އެއާވެސްގެ ހިއްސާވެސް އޮންނަ ޕްރެސިސަން އެއާ އަކީ ޓެންޒޭނިއާގައި ހިންގާ އެންމެ ބޮޑު ޕްރިވެޓް އެއާލައިންއެވެ.