ަގައުމިއްޔަތުގެ ވިންދު ނުޖަހާ ހިތަކުން ކިތަންމެ ބޮޑު ގެއްލުމެއްވެސް ގައުމަށް ދީފާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހާ ގުޅިގެންނެވެ.

މިއަދު ފާހަގަކުރަމުންދާ ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމިއްޔަތުގެ ވިންދު ނުޖަހާ ހިތަމުން ކިތަންމެ ބޮޑު ގެއްލުމެއްވެސް ގައުމަށް ދީފާނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ދިނީވެސް އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ ހިފުމަށް ގޮވާލީވެސް އަދި ގައުމުގެ ސިޔާދަތު ވިއްކާލީވެސް ހާއިނުން ކަމަށެވެ. އެއީ ގައުމުގެ އަދުއްވުން ކަމަށެވެ.

އެކަން އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.