ދުއްވާފައި ދިޔަ ބަގީއާއެކު މޫދަށް ވެއްޓުނު އަންހެންމީހާއަށް އޭޑީއޭ ހޮސްޕިޓަލުންގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިހާދިސާގައި އަނިޔާވެފައި ވަނީ 26 އަހަރުގެ މޮރޮކޯ އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައިވަނީ ރޭ 22:11 ހާއިރުއެވެ.

އެމީހާ މަރުވެފައިވާ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ، މިހާދިސާ ހިނގާފައިވަނީ ބ އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އެރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވުމުގެ ތެރޭގައި ބަގީއާއެކު މޫދަށް ވެއްޓި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހު 23:10 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެހާދިސާ އާ ގުޅިގެން ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.