ސްޓެލްކޯގެ ހަތަރު މުވައްޒަފަކު ޖަރުމަނުވިލާތުގައި ތަމްރީން ހާސިލް ކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހަތަރު މުވައްޒަފުން ތަމްރީންގައި ބައިވެރިވީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެ ހަތަރު މުވައްޒަފުންނަކީ ޖަރުމަނުވިލާތުގެ އެމްއޭން މައިން އިންޖީނު ސްޓޭންޑާޑް އެންޑް އެޑްވާންސް ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ބައެއް ކަމަށެވެ.

އެ ތަމްރީނުގެ ސަބަބުން އިންޖީނުތައް ރަނގަޅު ކޮންޑިޝަންގައި މެއިންޓެއިންކޮށް ބެލެހެއްޓުމަށް މުވައްޒަފުން އިތުރަށް ހުނަރުވެރިވެގެން ދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގެ އިތުރުން ބައެއް އަތޮޅުތަކަށްވެސް ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު މިފަދަ ތަމްރީން ޕްރޮގްރާމްތައް އަންނަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ހިންގަމުންނެވެ.