ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހަފްތާއެއްގެ މުއްދަތަކަށް ޔޫކޭ އަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުފުޅުގައި ޔޫކޭގެ ފޮރިން މިނިސްޓަރު ޖޭމްސް ކްލެވަލީ އާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ޔޫކޭގެ ފޮރިން މިނިސްޓަރުގެ އިތުރުން، ޝާހިދު ދެން ބައްދަލުކުރައްވާނީ

  • އެ ގައުމުގެ ދެކުނު އޭޝިއާ އާއި އދ ގެ ވަޒީރު ލޯޑް އަހްމަދު އޮފް ވިމްބަލްޑަން އާ
  • އެ ގައުމުގެ ތިމާވެއްޓާއި މޫސުމާ ބެހޭ ވަޒީރު ލޯޑް ގޯލްޑްސިމްތް އާ

އޭގެ އިތުރުން، ޔޫކޭގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންނާ ޝާހިދު ބައްދަލުކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ދަތުރުފުޅުގައި އޮކްސްފޯޑް ޔޫނިއަން ސޮސައިޓީގައި ޝާހިދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.