ކޮވިޑާ ގުޅިގެން ޗައިނާގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދީފައި ވީ ނަމަވެސް އަދިވެސް މުޅި ޗައިނާ ހުޅުވާ ނުލާ އިރު އެފަދަ އެއް ތަނަކީ ޓިބެޓެވެ. ޓިބެޓަކީ، ޗައިނާގެ އެކި ހިސާބުތަކުން ވަޒީފާ އަދާކުރުމަށް އެތައް ބަޔަކު ގޮސް ދިރިއުޅޭ ތަނަކަށް ވާއިރު، ކޮވިޑާ ގުޅިގެން ލޮކްޑައުން ކޮންފައި އޮތުމުން އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފިއެވެ.
ޗައިނާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށް އެއްވުންތައް ބޭއްވުމަކީ އާންމު ކަމަކަށް ނުވާ އިރު، ޓިބެޓުގެ މުޒާހަރާ ހުއްޓުވަން ގިނަ އަދަދެއްގެ ފުލުހުން ނުކުމެ މުޒާހަރާ ހުއްޓުވަން މަސައްކަތް ކޮށްފައި ވެއެވެ. އެއާއެކު އާންމުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާ ބައެއް މީހުންނަށް އަނިޔާވި އިރު ފުލުހުން ވަނީ މައެއް މީހުން ހައްޔަރު ކޮށްފައެވެ.
ބީބީސީގެ ރިޕޯޓަރުން ބުނާ ގޮތުން، ޓިބެޓް މުޒާހަރާ އާ ގުޅޭ ހުރިހާ ފޮޓޯއަކާއި ވީޑިއޯއެއް ޗައިނާގެ މީޑިއާތަކުން ނަގާފައި ވާ އިރު، މުޒާހަރާގެ ގިނަ ރެކޯޑްތައް ނުވަތަ ފޮޓޯތައް ފެންނަން ހުރީ އެކި ފަރާތްތަކުން ޓްވިޓާ ފަދަ ޕްލެޓްފޯމް ތަކަށް އަޕްލޯޑް ކުރުމުންނެވެ. އޭގެ ތެރެއިން އެއް ފޮޓޯއަކުން ފެންނަ ގޮތުން، ހެރްމަޓް ސޫޓުގައި ތިބޭ ބަޔަކާއި އާންމުން ކުރިމަތިލައި ތަން ފެންނަ އިރު އެހެން ފޮޓޯއެއްގައި މަގެއްގެ ދެކޮޅުން ފުލުހުން އާންމުންގެ ބަޔަކު ބްލޮކޮ ކޮށްގެން ތިބޭ މަންޒަރު ފެނެއެވެ.
މުޒާހަރާގައި ބައިވެރި ވި މީހަކާ ހަވާލާދީ ބީބީގައި ބުނެފައި ވާ ގޮތުން، އެ ސިޓީ ލޮކްށައުންކޮށް އޮންނަތާ 77 ދުވަސް ވެފައި ވާ އިރު ކާއެތިކޮޅެއް ގަންނާނެ ލާރިއެއްވެސް މިހާރު އަތުގައި ނެތެވެ. ވަޒީފާއަށް ނިކުތުންވެސް މަނާ ކޮށްފައި ވުމުން، ހެދޭނެ އެހެން އެއްވެސް ގޮތެއް ނެތްކަމަށްވެސް ބުނެފައި ވެއެވެ.
ޗައިނާގައި މިހާރުވެސް ދުވާލެއްގެ މައްޗަށް 1000 އެއްހާ ކޭސް ފެނެއެވެ. އެގައުމުގެ ސަރުކާރުން ގެންގުޅޭ ކޮވިޑް ޒީރޯގެ ސިޔާސަތާ އެކު، ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރަމުން ދާ ބައެއް ބޮޑެތި ސިޓީތަކުގެ ތެރޭގައި ގްއަންގްޒޯ، ވޫހާން، ޒިނިގް ފަދަ ސިޓީތައް ހިމެނެއެވެ.
ވިޔަފާރީގައިވެސް މައި އެއް ރަށް ކަމަށް ވާ ޝަންހާއިވެސް ލޮކްޑައުންކޮށް ގިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރި އިރު، ޗައިނާގައި 4 ވަނަ އަށް އެންމެ ބޮޑު ސިޓީ ގްއަންގްޒޯގެ ގިނަ ސަރަހައްދުތަކެއް މިހާރުވެސް ވަނީ ލޮކްޑައުން ކޮށް އާންމުން ގެގެއިން ނިކުތުން މަނާ ކޮށްފައެވެ.
ޗައިނާއިން ތަންފީޒު ކުރަމުން ދާ ކޮވިޑް ޒީރޯގެ ސިޔާސަތުގެ ސަބަބުން، މިހާރުވެސް 207 މިލިއަން މީހުންގެ ދިރިއުޅުމަށް އަސަރު ކޮށްފައި ވާ ކަމަށް މާލީ ހިސާބުތައް ހާމަކުރާ ނޮމޫރާ ގްރޫޕުން ވަނީ ހާމަކޮށްފައެވެ. ހަބަރުތައް ބުނާ ގޮތުން މިއަހަރުގެ މާޗް މަހުން ފެށިގެން 280 މިލިއަން މީހުން ދިރިއުޅޭ 152 ސިޓީއެއް އޮތީ ލޮކްޑައުން ކޮށްފައެވެ. މި ސިޓީތަކުގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައި އޮތް ނަމަވެސް އާންމުކޮށް ތަންތަނަށް ވަދެ ހެދުމަކީ މަނާ ކަމެކެވެ. އަދި ސަރުކާގެ އޮފީހަކަށް ހިދުމަތެއް ހޯދަން ދާނަމަ ޕީސީއާރު ހަދާ ނެގެޓިކް ނަތީޖާއެއްވެސް ހުށަހަޅަން ޖެހެއެވެ.
ޗައިނާ އަކީ ދުނިޔެ އިނދަ ޖައްސާލި ކޮވިޑް އެންމެ ފުރަތަމަ ފެނުނު ގައުމަށް ވާއިރު، އެގައުމުން ދަމަހައްޓަމުން ގެންދަނީ ވެކްސިން ޖެހި ނަމަވެސް ކޮވިޑް ޒީރޯ ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ގައިދުކަން ބެހެއްޓުމާއި މާސްކް އެޅުން ފަދަ ކަންކަމާއި މަސއްކަތުގައި ހެލިފެލިވެ އުޅުން ފަދަ ކަންކަން ވަނީ މުޅިންހެން ހުއްޓުވާފައެވެ.