އެމްފައިސާ މެދުވެރިކޮށް ބިލް ދައްކާލައިގެން ވޯލްޑް ކަޕް ސެމީގެ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި އުރީދޫ މޯލްޑިވްސް އިން އިއުލާން ކުރ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާން ބާކީ 3 ދުވަހަށް ވެއްޖެއެވެ.
އުރީދޫން ބުނީ، އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފާގެ ދަށުން، އެމްފައިސާ މެދުވެރިކޮށް ބިލްތައް ދައްކަވާ ފަރާތްތަކަށް އަދި ވިޔަފާރި ކުރާ ފަރާތްތަކަށް، ފައިސާ ދައްކާ އަދަދުގެ 5 ޕަސަންޓާ ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެ ކަމަށެވެ. އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ބިލްތަކުގެ ތެރޭގައި އުރީދޫ ބިލްތަކުގެ އިތުރުން އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް، އަމާނާ ތަކަފުލް އަދި މީރާ ހިމެނެއެވެ.
މީގެ އިތުރުން ރެޑްވޭވް، ވީބީ މާޓް، ކޭއެފްސީ، ގްލޯރިއާ ޖީންސް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކަށްވެސް އެމް-ފައިސާ އިން ފައިސާ ދައްކާ ކޭޝްބެކް ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
މީގެ އިތުރުން ލަކީ ޑްރޯގައި ކޮންމެ ހަފްތާއަކު 10 ނަސީބުވެރި ފަރާތެއް ހޮވާ އިރު، އެ ފަރާތްތަކަށް ސެމްސަންގް ބަޑްސް އެޕަލް އެއާޕޮޑްސް ފަދަ އަގުހުރި އިނާމްތައް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި ލަކީ ޑްރޯގެ ބޮޑު އިނާމެއްގެ ގޮތުން އޯގަސްޓް މަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަަލަށް އުރީދޫ ހިދުމަތްތައް ބޭނުންކޮށްފައިވާ އުރީދޫ ކަސްޓަމަރުންގެ ތެރެއިން ހޮވޭ 4 ނަސީބުވެރި ފަރާތަކަށް ވޯލްޑް ކަޕް ގެ ސެމީ ފައިނަލް މެޗެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ. ނަސީބުވެރި ފަރާތްތަކަށް ގަތަރު ދެކޮޅު ޓިކެޓް، ހުރުން އަދި ސެމީ ފައިނަލް މެޗް ބެލުމަށް ދަނޑަށް ވަންނަ ޓިކެޓްވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.
އެމްފައިސާއިން ފައިސާ ދައްކައިގެން ގަތަރަށް ދިއުމުގެ ފުރުސަތު ލިބިގެންދާ، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ލަކީ ޑްރޯގައި އުރީދޫ ކަސްޓަމަރުން އުރީދޫގެ ކޮންމެ ހިދުމަތެއް ބޭނުންކޮށްގެން ވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އެގޮތުން އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް ވެސް މި ފުރުސަތު ލިބިގެންދާނެއެވެ.
ބިލް ދެއްކުން، ޑޭޓާ ޕެކެއް އެކްޓިވޭޓް ކުރުން، ގޭހަށް އޯޑަރު ކޮށްލުން ނުވަތަ ފިހާރަތުން އެމް-ފައިސާ މެދުވެރިކޮށް ވިޔަފާރިކޮށްލިޔަސް މިއިން ކޮންމެ ޓްރާންސެކްޝަނަކާ އެކު ހަފްތާގެ ނަސީބުވެރިއަކަށް އަދި މެޗް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.