ދިވެއްސަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

ގެއެއްގައި މީހަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައްސަލައެއް މި މަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާއިރު، ފުލުހުން ކުރި މަސައްކަތުން އެ މީހާ ސަލާމަތް ކޮށްފައި ވަނީ އިއްޔެއެވެ. ރަހީނު ކޮށްފައިވަނީ 44 އަހަރުގެ ދިވެއްސެކެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރީ އިބްރާހިމް ސައީދު (48އ)، ސުވާސާގެ، ސ. ފޭދޫ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

ރަހީނު ކޮށްފައިވާ މީހާއަށް އަނިޔާކޮށްފައިވާ އިރު އެމީހާއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފއެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހިއްސާކޮށްފައި ނުވެއެވެ.

މީގެ އިތުރުންވެސް އިއްޔެ ހެނދުނު މާލޭގެ އެހެން ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީ ފިރިހެނަކު ވެސް ވަނީ ސަލާމަތް ކޮށްފައެވެ. އެ މީހާއަށް ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.