ހަގީގީ ބާއްޖަވެރިކަމަކީ އަޅާ، ﷲ އަށް އީމާންވެ އެކަލާނގެ އެންގެވި ގޮތް އިހުތިޔާރުކޮށް ނަހީކުރެއްވި ކަންކަމާ ދުރުހެރިވުމުން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ ހަގީގީ ބާއްޖަވެރިކަމުގެ މައުޟޫއަށް ކަމަށް ވާއިރު މިއަދު އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވީ ޒިންބާބުވޭ ދިނީ އިލްމުވެރިޔާ މުފްތީ މެންކްއެވެ.
ހުތުބާގައި ވަނީ ބާއްޖަވެރިކަމަކީ الله، އިންސާނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި އުފާވެރިކަމުގެ ޝުއޫރެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް މާއްދީ ގޮތުން ހާސިލްވެވޭނެ އެއްޗެއް ނޫންކަމަށް ފާހަގަ ކޮށްފައެވެ.
މި ދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ހޯދަން ކަމަށާއި އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގުދީފައި ގަނެވޭނެ އެއްޗެއް ކަމުގައި ވާނަމަ އެކަން އެންމެން ވެސް ކުރާނެ ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް އެއީ އެހެން ވާނެ ކަމެއް ނޫން ކަމަށާއި އެކަން ހާސިލުވުން އޮތީ، ބާއްޖަވެރިކަން ދެއްވުމަށް ވައުދުވެ ވޮޑިގެންނެވި الله ހަނދުމަކޮށް އެކަލަގެއާ ކުއްތަންވެގެން ކަމަށްވެސް ބުނެފައި ވެއެވެ.
ހުތުބާގައި، އެކަލާނގެ އެންމެ ލޯބިވެ ވޮޑިގަންނަވާ ފަރުޟު ފަސް ނަމާދު މަތިން ހަނދާން ނުހުންނަ މީހުން ތިބޭ ކަމަށާއި އެފަދަ އަޅުްނ ދެކެ ﷲ ލޯބިވެ ވޮޑިނުގަންނަވާނެ ކަމަށެވެ. އަދި ނަމާދަށް ރައްކާތެރިނުވެ ކިތަންމެ ބުރަ މަސައްކަތެއް ކުރި ނަމަވެސް ބާއްޖަވެރިކަން ނުލިބޭނެކަން ވެސް ހުތުބާގައި ފާހަގަ ކުރިއެވެ.
ބާއްޖަވެރި ދިރިއުޅުމެއް ބޭނުން ވާނަމަ ބާއްޖަވެރިކަމުގެ ދެ އަސާސް ކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެ ގަތުމަށް އެންމެހައި މުސްލުމުންނަށް ވަސިއްޔަތް ކޮށް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.
މުފްތީ މެންކްގެ ދަރުސް ގައި އަންހެން މީހާގެ އައުރަ އަކީ ކޮބައި ކަމާއި އަންހެނުންގެ ބުރުގާ އެޅުމުގެ މުހިއްމު ކަން ރައްޔިތުންނަށް ސާފުކޮށް ދީނުގައި އޮންނަ ގޮތް ބުނެދޭން އެބަޖެހެއޭ އިސްލާމް ދީނުގައި މަމެންނަށް އިނގޭ ގޮތުގައި އަންހެނުން ބުރުގާ އެޅުން އެއީ މަޖްބޫރު ކަމެއްގެ ގޮތުގައި ވަނީ ފާޅުވެފައޭ މީއޭ އިލާހީ ގާނޫނާއި ގާތް ގުޅުން ބާއްވަން ދިވެހި އުއްމަތް އުޅެން ޖެހޭ ގޮތަކީ މިކަން ކަން އޮންނަ ގޮތް މުފްތީ މެންކް ކިޔާދޭށޭ ބިފޯރ ދޭ ލޫޒް ޑައިރެކްޝަން ތަމެން ޑިޖިޓަލޭ މެން ބުރުގާ ނާޅާ ރޯ އޮރިޔާމުން ޓީވީ ތަކަށް އަރާ ތަމެން ފެލޭ ފެލުން އެއީ އިޓްސް ނޮޓް އަ ސެކްރިފައިޒް ނޯ ސެކްރިފައިޒް އެޓް އޯލް...
ދުނިޔޭގައި ވެސް އުފަލާއި ބާއްޖަވެރިކަން ލިބޭނީ މާތްﷲ އާ ގުޅުން ބަދަހިކޮށްގެން ކަމަށް މުފްތީ މެންކް ބުނާނަމަ މަމެންނަށް އިނގެއޭ މުފްތީ އެވިދާޅުވާ އެއްޗެއްގެ މާނަ ވަރަށް ރީއްޗަށް އޮމާން ކޮށް ރަނގަޅަށް އިނގޭތޭ ކުދިންނޭ އެއިން އެދޭހަ ކޮށްދެނީ ދީނުގައި ހަރާމްކުރައްވާފައިވާ ރިބާ ނުނަގާށޭ އަދި މީހުން އުނަގަނޑު ބިންދައިގެން ހޯދާ ފައިސާ އިން ޓެކްސް ގެ ގޮތުގައި އެއްވެސް މަސައްކަތެއް ނުކުރާ ސަރުކާރުން ރައްޔިތުންގެ މާލިއްޔާ ފެލާނުލާށޭ އެވާނީ ދީނުގައި ހަރާމްކަމަކަށޭ ބަތާހަރާމީ ރައީސުންނޭ ރައްޔިތުން ލައްވާ ހަރާމްކަން ކަން ކުރުވާނީދޯ...
ސާރވިސް ޗާރޖް ވެސް ވާނީ ހަރާމް ފައިސާ އަށް އިންކަމް ޓެކްސް ވެސް ވާނީ ހަރާމް ފައިސާ އަށް އަދި ޖީއެސްޓީ ވެސް ވާނީ ހަރާމް ފައިސާ އަށް އަދި ޓީޖީއެސްޓީ ވެސް ވާނީ ހަރާމް ފައިސާ އަށް މިފައިސާ ރައްޔިތުން އަތުން ސަރުކާރުން މިނަގަނީ އެއީ މަޖްލީހުަގައި ތިބޭ ވަކި ގޭންގަކަށް ނިސްބަތްވާ ބަޔަކު މެދުވެރިކޮށް އެމެން ހަދާ ގާނޫނަކުންނޭ ގާނޫނެއް އެއަށް ރައްޔިތުން އަމަލު ކުރަން ޖެހޭނަމަ އެފަދަ ގާނޫނެއް ވުޖޫދަށް ގެންނަންވާނީ ސީދާ ރައްޔިތުންގެ %95 ވޯޓް އެފަދަ ގާނޫނަަކަށް ލިބިގެންނޭ