ސަރުކާރުގެ އާ އޮފީސް އިމާރާތް އަންނަ މަހު ނިންމައި، ތިން މިނިސްޓްރީއެއް ހުޅުމާލެ އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރު އޮފީސް އިމާރާތުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރު ފެބްރުއަރީ މަހުއެވެ. ނަމަވެސް ކޮވިޑުގެ ހަލަތާ ހެދި އިމާރާތުގެ މަސައްކަތް ލަސްވެގެން ދިޔައެވެ. މިނިސްޓްރީން ބުނީ، ދިމާވި ދަތިތަކަށް ފަހު އަންނަ މަހު އެތަނުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ. އަދި ޑިސެމްބަރުގައި މި އިމާރާތް ބޭނުން ކުރަން ފަށާނެ ކަަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަ ބުރީގެ އެ އިމާރާތުގައި ތިން މިނިސްޓްރީއެއް ހުންނާނެއެވެ. އެ އިމާރާތުގެ ފަންގިފިލާތައް ބެހިގެންވާ ގޮތަކީ:

  • ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ: ޕާކިން އޭރިއާ
  • ދެވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް
  • ތިންވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • ހަތަރުވަނަ ފަންގިފިލާ: އެމެރިކަން އެމްބަސީ
  • ފަސްވަނަ ފަންގިފިލާ: މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
  • ހަވަނަ ފަންގިފިލާ: ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއް އަދި ޓެރަހެއް

މިނިސްޓްރީން ބުނީ، މި އިމާރާތުގެ ކޮންމު ފަންގިފިލާއެއްގެ ބޮޑު މިނަކީ 25،000 އަކަފޫޓު ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 2019ގައި ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގުރޫޕާ ހަވާލު ކޮށްގެން ހަދާ މި އިމާރާތަށް ޖުމުލަ 185 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ.