އައްޑޫ ކައިރިއަށް މަސް ހިފަން ދިޔަ މީހުންގެ ތެރއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ފެނިފައިވާ ކަމަށާއި އަދި އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު، ސާފީ މުހައްމަދު ހުސައިން ވިދާޅުވީ، އެ ޒުވާނާ އެހޮސްޕިޓަލަށް ގެނެސްފައިވަނީ 12:34 ހާއިރު ކަމަށެވެ.

އޭނާއަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށް ސާފީ ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ ސ. ހިތަދޫ، ފެހިވިންަ ތޮލާލް އަހްމަދަށެވެ.

ސ. ހިތަދޫ އިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީ އަކުން މަސް ހިފަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު 11:32 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.