މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 8:00 އިން 12:00އަށް މާލެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށެވެ.

މިގޮތުން ގަލޮޅުގެ ބަނަފްސާމަގު، ސަހަރާމަގު، ނިޔަނދުރު ގޯޅި، ބޮޑުރަސްގެފާނު މަގު، ރާދަފަތި ހިނގުން، ރުއްކެނޑިޔާ ހިނގުން، ހުވަފެނީ ގޯޅި، ކޮއިމަލާ ހިނގުން، ދޮނަދަރާދަ ހިނގުން، ދޫހިމެރިމަގުގެ އިތުރުން، ލޮނުޒިޔާރަށް މަގުން މިވަގުތުތަކުގައި ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ، މިގަޑިތަށް މިހެން ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށެވެ.

އެހެންކަމުން، އާންމުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް، ސްޓެލްކޯ އިން ބުންޏެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި، އެފަދަ މަސައްކަތް ކުރުމަށް ދޭތެރެ ދޭތެރެއިން ސްޓެލްކޯ އިން ކަރަންޓު ކަނޑައެވެ. އަދި އާންމުންނާ އެފަދަ މައުލޫމާތު ހިއްސާކުރެއެވެ.