އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޕީޕީއުން ބުނީ ނ. އަތޮޅަށް ކުރައްވާ ދަތުރުފުަލު ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ގައި ކަމަށެވެ.

މިގޮތުން ނ އަތޮޅުގެ ކެނދިކުޅުދޫ އާއި މިލަދޫ، މަނަދޫ، ހޮޅުދޫ އަދި މަގޫދޫ އަށް މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ނ އަތޮޅަށް ކުރައްވާ ދަތުރުގައި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ސިޔާސީ އެކި ހަރަކާތްތައް ހިންގަވާނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ނ އަތޮޅުގެ ދަތުރުފުޅަށް ފަހު އަންނަ މަހުގެ ތެރޭގައި ޔާމީން އައްޑޫ އަށް ވެސް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

މީގެ އިތުރުން ވަރަށް އަވަހަށް ގދ. އަތޮޅާއި ފުވައްމުލަކަށް ވެސް ޔާމީން ވަޑައިގަންނަވާނެއެވެ.

ޔާމީން އެންމެ ފަހުން ވަޑައިގެންނެވީ ހއ. އަތޮޅަށެވެ.