ބީއެމްއެލްގެ އަހަރީ ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.
ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިގޮތުން ހަސަން އަގްލީމް (ނޯތު ކްލަސްޓާ މެނޭޖަ) އަދި މުހައްމަދު އަޝްރަފް (ހެޑް އޮފް ޕީޕަލް ޑިވެލޮޕްމަންޓް)އަށް ޝަރަފުވެރި އެޕްލޯއީ އޮފް ދަ އިޔާ އެވޯޑް ހޯދާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މީގެ އިތުރުން ފާތިމަތު ފާރިހަތު ވަހީދު ، އަބުދުﷲ ސަބާހް އަދި ބީއެމްއެލް މޯބައިލް އެޕް ޓީމުން ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް ހޯދާފައިވާއިރު މުހައްމަދު ސައީދު ބެސްޓް ލީޑާ އެވޯޑް އަދި އަލީ ޒައިދު މުހައްމަދު ބެސްޓް މެނޭޖާ އެވޯޑް ހޯދާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ، މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން އެވޯޑް ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ބެސްޓް އެޓޯލް އެމްޕްލޯއީ، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމަނާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ، މި ހަފްލާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން އާއި ބޭންކުގެ ބޯޑުގެ ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ކަމަށެވެ.
ބީއެމްއެލް އިން ބުނީ، ސްޓާފް އެވޯޑަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓަޖީގެ މުހިންމު ބައެއް ކަމަށެވެ.
ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް " ވިދިވިދިގެން ހަތަރު ފަހަރަށް ބީއެމްއެލްއަށް ވަނީ ލިބިފައެވެ.
ޜައްުޔިޔުންގެ ލާރި ވަގަންނަގާ ހުސްކުރަނީ ވާނުވާ ނޭނގޭ އަދިވެސް ރައްޔިޔުންގެ ބޭންކު ؟؟؟؟