އއ. އުކުޅަކަށް ދަތުރުކުރި ލޯންޗަކުން ގެއްލިގެން ހޯދަމުންދާ އުމުރުން 28 އަހަރުގެ މުހައްމަދު މިންހާޖު ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

މިންހާޖު ހޯދުން ހުއްޓާލާފައި މިވަނީ އޭނާ ގެއްލުނުތާ ހަތަރު ދުވަސް ފަހުންނެވެ.

އެމްއެންޑީއެފުން ބުނީ، އއ. މާޅޮސް ކައިރިން ބަންޑުން ޖަހާލާފައި އޮއްވާފެނުނު ލޯންޗުން ގެއްލުނު މިންހާޖު ހޯދުމަށް ކުރަމުންދާ ސާޗް އެންޑް ސްކިއު އޮޕަރޭޝަނުގައި އިއްޔެ ވެސް 300 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދު ބަލާފައިވާކަމަށެވެ.

މީގެ އިތުރުން 4 ދުވަހުގެ ސާޗް އޮޕަރޭޝަނުގައި ވައިގެ މަގުން 2000 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 665 އަކަ ނޯޓިކަލް މޭލު ގެ ސަރަހައްދު ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މިހާރު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ވަނީ ހުއްޓާލެވިފައެވެ.
އެމްއެންޑީއެފް

މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފިއެވެ. ނަމަވެސް ފޮޓޯ އާންމެއް ނުކުރެއެވެ.

އެމްއެންޑީއެފުން ވަނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބާ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުން އެދިފައެވެ.

މިންހާޖު ހޯދުމަށް ފުލުހުން ވެސް ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ.