ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ތޮއްޑޫ ކައިރިން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެސަރަހައްދުން ދަތުރުކުރަމުންދިޔަ ޑިންގީއަކުން ޖެހިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ރަޝިޔާ އަންހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެމީހާއަށް އިތުރު ފަރުވާ ދިނުމަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 05:15 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން ވެސް މޫދުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. މިގޮތުން ފީނަން ގޮސް އުޅުނު މީހެއްގެ ގައިގާ ދުއްވާފައި ދިޔަ ޑިންގީއަކުން ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. ފީނަން އުޅެފައި މައްޗަށް އެރި ވަގުތު ލޯންޗުގެ ބުރަފަތީގައި ޖެހި އެ ޒުވާނާގެ ފައި ވަނީ ބުރިވެފައެވެ.