ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ސ. ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ނާޒިލްއާއި، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިތަދޫ ގޮނޑުދޮށް ހޮމާޔަތް ކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުން

އެމްޓީސީސީން ބުނީ، މިއަދު ރަސްމީކޮށް އިފްތިތާހް ކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާ ވަރަށް މުހިއްމު މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން، ހިތްފަސޭހަ އަތިރި މައްޗަކާއި ފަތާ ސަރަހައްދެއް ސ. ހިތަދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 6891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 570 މީޓަރުގެ ސަރަޖައްދެއްގައި ޖިއޯޓިއުބް ސްޓްރަކްޗާ ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 11.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.