އައްޑޫސިޓީ ހިތަދޫން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ހޯދަމުން ދަނީ އުބައިދުﷲ ހަސަން (28އ) ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ ސެޕްޓެމްބަރު 29، 2022 ވީ ބުރާސްފަތި ދުވަހު ދުވަހުގެ 08:00 ހާއިރު ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނުނީ ސެޕްޓެމްބަރ 27، 2022 ވީ އަންގާރަ ދުވަހުގެ 08:00 ހާއިރު ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން ކަމަށެވެ.

އޭރު އޭނާ ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށާއި އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅުމަށް އެދޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އައްޑޫން މީހަކު ގެއްލިގެން ހޯދަން ފަށާފައި ވާއިރު މިދިޔަ މަހު 19 ވަނަ ދުވަހު ހުޅުމާލެއިން ގެއްލުނު ޒުވާނެއް ނުފެނި ގިނަ ދުވަސް ވެ މިއަދި އިރު އޮއްސެނިކޮށް ފެނުނު އިރު އޮތީ މަރުވެ ކުނިވެފައެވެ.