ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާ ޑޮކިޔުމެންޓަރީ އަންނަ މަހު ނެރޭގޮތަށް ނިންމައިފިއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެޕަލް ޓީވީ އިން ސްޓްރީމް ކުރާ މި ޑޮކިޔުމެންޓަރީގައި ސެލީނާގެ ހަތާތުގެ މުހިއްމު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. އޭގެ ތެރޭގައި އޭނާ ޑިޕްރެޝަނަށް ވެއްޓުނު ގޮތާއި އޭނާގެ ކިޑްނީ ފެއިލްވި ގޮތުގެ އިތުރުން އޭނާގެ ދުވަސްވީ ލޯބިވެރިޔާ ޖަސްޓިން ބީބާގެ ގުޅުމުގެ ވާހަކަވެސް މި ޑޮކިޔުމެންޓަރީގައި ހިމެނޭއެވެ.

ސެލީނާ ބުނީ އޭނާ ޑޮކިޔުމެންޓަރީ ނެރުމަށް ހަ އަހަރުކުރީއްސުރެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާގެ އަމިއްލަ އުފެއްދުމެއް ނެރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށެވެ. ސެލީނާގެ އުމުރުން 10 އަހަރުގައި ޓެލެވިޒަން ސީރީޒް "ބާރނީ އެންޑް ފްރެންޑްސް" ގައި ހަރަކާތްތެރިވި ގޮތަށް އޭނާ އަކީ މިއަދުވެސް ފިލްމީ އިންޑަސްޓްރީގެ އިތުރުން މިއުޒިކް އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްގެން ހުރި ހުނަރުވެރި ތަރިއެކެވެ.

މި ޑޮކިޔުމެންޓަރީ އަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު ގިނަ ބަޔަކު އިންތިޒާރުކުރަނީ ސެލީނާ އާއި ޖަސްޓިންގެ ވާހަކަ މީގައި ހިމަނާފައިވާތީ އެވެ. މި ދެތަރިންގެ ލޯބީގެ ވާހައަކީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ވާހަކައެކެވެ. ގިނަ ބަޔަކު އަދިވެސް އަންނަނީ މިދެތަރިން އަލުން ގުޅޭނެ ކަމަށް ބުނެ އިންތިޒާރުކުރަމުންނެވެ. ސެލީނާ އާއި ޖަސްޓިން އެންމެ ފުރަތަމަ ރަށްޓެހިވީ 2010 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެކި ފަހަރުގެ މަތިން ދެމީހުން ރުޅިވެ ރަށްޓެހިވެ 2018 ވަނަ އަހަރަށް ދަންދެން އެ ގުޅުން ދައްމާލިއެވެ. 2018 ވަނަ އަހަރު ދެމީހުން ވަކިވިކަން އިއުލާންކުރުމާއެކު އޭގެ ދެމަސް ފަހުން އިވިގެންދިޔައީ ޖަސްޓިން އާއި އޭނާގެ މިހާރުގެ އަންހެނުން ހެއިލީ ބީބާ އާއި އެންގޭޖްވި ހަަބަރެވެ.

އޭރު މީޑިއާތަކުން ރިޕޯޓްކުރީ ސެލީނާ އާއި ޖަސްޓިންގެ ގުޅުން ނިންމާލީ އެދެމެދަށް ހެއިލީ ވަނުމުން ކަމަށެވެ. އެކަމާ ގުޅޭގޮތުން އެކަކު ވެސް ވާހަކަ ދައްކާފައި ނުވާއިރު ސެލީނާ ގެ ޑޮކިޔުމެންޓަރީ އެއް ނެރޭކަން އިއުލާންކުރި ހިސާބުން ހެއިލީ ބީބާ ވަނީ ސެލީނާ އާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާ އާއި ވާހަކަ ދައްކާފައެވެ. ހެއިލީ ބުނީ ސެލީނާ އަކީ އޭނާ އިހުތިރާމްކުރާ ސެލެބްރިޓީ އެއް ކަމަށާއި ސެލީނާ އަތުން ޖަސްޓިން ނުޖަހާ ގަންނަ ކަމަށެވެ.

ހެއިލީ އާއި ޖަސްޓިން ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެންގޭޖްކޮށް ހަމަ އެ މަހު ކައިވެނިވެސް ކޮށްފައެވެ. ލަވަކިޔުންތެރިޔާ ސެލީނާ ހުރީ އަދި ވެސް ހުސްކޮށެވެ.