އައިކެއާ އިން، އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ހިލޭ ލޮލުގެ ސްކްރީނިން ހެދޭނެ އޮފާއެއް ތައާރަފްކޮށްފިއެވެ.

އުރީދޫ ބުނީ، މި އޮފާ ކުރިއަށް ދާނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ކްލަބް ޕްރިމިއާ މެންބަރަކަށް ވެވޭނީ އުރީދޫ ސުޕަނެޓް ޕެކޭޖުގެ 40އެމް އަށް ވުރެ މަތީގެ ޕެކޭޖެއް ނެގުމުން ނުވަތަ 1،000ރ. އަށްވުރެ މަތީގެ ޕޯސްޓް ޕެއިޑް ޕެކޭޖެއް ގެންގުޅޭ ކަސްޓަމަރުންނަށެވެ.

ކްލަބް ޕްރިމިއާ މެންބަރުންނަށް އުރީދޫން އަންނަނީ ތަފާތު އެކި އޮފާތަކާއި ޑިސްކައުންޓްތައް ދެމުންނެވެ.

މިގޮތުން އުރީދޫން ވަނީއެމްފައިސާއިން ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނާއި އަދި ފިހާރަތަކަށް ދައްކާ ފައިސާގެ ބިލްތަކުގެ 5 ޕަސެންޓް އަނބުރާ ލިބޭނެ ގޮތަށް ކްލަބް ޕްރިމިއާގެ މެންބަރުންނަށް ބައިވެރިވެވޭނެ ޕްރޮމޯޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.