ރަޝިއާއިން ޔޫރަޕަށް ގޭސް ފޮނުވާ ހޮޅިތަކަށް ގަސްތުގައި ރަޝިއާއިން ގެއްލުން ދިނީ ކަމަށާއި އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ޔޫކްރައިން އިން ބުނެފިއެވެ.
ރަޝިއާގެ އެސްޓީ ޕީޓަސްބާގުން ޖަރުމަނުގެ އިރުއުތުރަށް ކަނޑުއަޑިން އަޅާފައިވާ 1200 ކިލޯމީޓަރުގެ 2 ހޮޅި ރަޝިއާއިން ވަނީ ބަންދު ކޮށްފައެވެ. އޭގެ ތެރެއިން 1 ހޮޅި، ޔޫކްރައިން ހަނގުރާމަ ފެށި އިރު ބަންދު ކުރި ގޮތަށް ނުހުޅުވާ އޮވެ، ދެވަނަ ހޮޅިއަށްވެސް މައްސަލަ ދިމާވެގެން މިދިޔަ އޯގަސްޓުން ފެށިގެން ވަނީ ބަންދު ކޮށްފައެވެ.
މި ދެހޮޅިއަކީ، ޔޫރަޕުގެ ހަކަތައިގެ އިންޑަސްޓްރީއަށް ބޭނުންވާ މައިގަނޑު ގޭސް ފޮނުވާ 2 ހޮޅިއެވެ. ޔޫކްރައިން ހަނގުރާމަ ހިނގަމުން ދާތާ 7 މަސް ވެފައި ވާ އިރުވެސް، މީގެ ތެރެއިން 1 ހޮޅިން ގޭސް ދޫކުރުން ރަޝިއާއިން ހުއްޓައެއް ނުލައެވެ. ނަމަވެސް ހަނގުރާމަ އާ ގުޅިގެން ޔޫރަޕުން، ރަޝިއާ އަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލެއްގެ ގޮތުން، ގޭސް ދޫކުރާ މިންވަރު މަދު ކުރިއެވެ.
މިއަދު ޑެންމާކުގެ ޑިފެންސް ކޮމާންޑުން އާންމު ކުރި ވީޑިއޯއެއްގައި ބޯލްޓިކް ކަނޑުގައި އޮންނަ ބޯންހޯމް ރަށާ ކައިރިން ކަނޑުތެރެއިން ގޭސް ލީކްވާތަން ފެނެއެވެ. ސްވިޑްންގެ ނެޝަނަލް ސިސްމޮލޮޖިީ ސެންޓަރުން ބުނެފައި ވާ ގޮތުން، ލީކްވަމުން ދާ ގޭސް ގާތްގަނޑަކަށް 1 ކިލޯމީޓަރުގެ ސަރަހައްދަކަށް ވަނީ ފެތުރިފައެވެ.
އެއާއެކު އޭނާ ވަނީ، ޔޫރަޕުން ޔުޖްރައިން އަށް ފޯރުކޮށްދޭ އަސްކަރީ އެހީ އިތުރު ކުރުމަށް ގޮވާލައްވާފައެވެ. ހާއްސަކޮށް ޖަރުމަނުގައި އުފައްދާ ބޭނުން ކުރާ އަސްކަރީ ޓޭންކަކީ ޔޫކްރައިނަށް މިވަގުތަށް އެންމެ ބޭނުންވާ އެއް ހަތިޔާރު ކަމަށާއި އެ ފޯރުކޮށްދޭން ގޮވާލެއްވިއެވެ.
ގޭސް ހޮޅިތަކުގެ މައްސަލައިގައި ވާހަކަ ދެއްކެވި ޔޫރަޕްގެ އެހެން ބައެއް ލީޑަރުންވެސް ތުހުމަތު ކުރައްވަނީ، ހޮޅިތަކަށް ގަސްދުގައި ގެއްލުން ދީފައި ވުން އެކަށީގެން ވާ ކަމަށެވެ. ނަމަވެސް އެއީ ރަޝިއާއިން ގަސްދުގައި ކުރި ކަމެއް ކަމަށް ނުބުނާއިރު އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނަން އަދި އަވަސް ކަަމަށްވެސް އެ ލީޑަރުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން ރަޝިއާގެ ކްރެމްލިންގެ ތަރުޖަމާން ވިދާޅުވީ، ހޮޅިތަކަށް ގެއްލުން ލިބުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެއީ ގަސްދުގައި ބަޔަކު ދީފައިވާ ގެއްލުމެއްކަން އަދި ޔަގީން ނުވާ ކަމަށެވެ.
މިހާރުވެސް ޔޫރަޕްގައި ހަކަތަ އަށް ޖެހި، އިންތިހާއަށް އަގުތައް އުފުލިފައިވާ އިރު ބޯމަތިވެފައިވާ ފިނިމޫސުމުގައި ބޭނުން ކުރާނެ ހަކަތަ ނުލިބި ޔޫރަޕް ހާސްކަމުގެ ތެރެއަށް ދާނެ ކަމަށް ބުނެއެވެ. ރޫރަޕަށް ގޭސް ފޯރުކޮށްދިނުމުގައި ރަޝިއާއިން ދަތި ކުރާ އިރު، ނޯވޭ އިން ޔޫރަޕާއި ދެކުނުން ގޮސް ޕޮލަންޑް އަދި ސޮލެވޭކިއާ އާއި ޗެކްރިޕަބްލިކާ ހަމައަށް އަޅާ ބޯލްޓިކް ޕައިޕް ފުރިހަމަ ވުމުން، ރަޝިއާއިން ގޭސް ނުލިބުނަސް ޔޫރަޕް ގޭހަށް ނުޖެހޭނެ ކަމަށް މުރާސިލުން ބުނެއެވެ.