މަސްހިފަން ކެނޯއެއްގައި ނިކުމެ އުޅުނު ދެމީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ނޮޅިވަރަންފަރު ގެސްޓު ހައުސްއެއްގައި މަސައްކަތް ކުރާ ދެ ބިދޭސީން މަސް ހިފަން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް އެތަނުން އެކަކު ގެއްލިފައިވާ ކަމަށް މިއަދު މެންދުރު ފަހު 2:15 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ގެއްލިފައި ވަނީ އުމުރުން 29 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މީހާ ގެއްލިފައި ވަނީ ނޮޅިވަރަންފަރު ހުޅަނގު ފަރާތުން ގާތްގަނޑަކަށް 200 މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރު އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.