ދިރުވާލައިގެން ބަނޑުގައި ބެހެއްޓުމަށްފަހު ފޮރުވައިގެން ދިވެހިރާއްޖެއަށް ރަން އެެތެރެ ކުރި މީހަކު 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މި އަހަރު ޖުލައި މަހުގެ 17 ވަނަ ދުވަހު 8 ޖަހާހާއިރު ނާޒިމް ކިޔާ އިންޑިއާ މީހަކު ރާއްޖޭ އައިއިރު ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވައިފާ ހުރި ކަމަށް ޝައްކުކުފައިވާ ކަމަށާއި އެ ތަކެތި އަމިއްލައަށް ނަގަން އެއްބަސްވި ކަމަށެވެ. އަދި ބޮޑުކަމުދިޔަ އިރު ދެ ބުލެޓުގައި ރަނާއި އެނޫން މާއްދާތައް ހިމެނޭ މިކްސްޗާ ހުރި ކަމަށް ފިޒިކަލް އެގްރެމިނޭޝަން ޓެސްޓުން ދައްކާފައިވާ ކަމަށްވެސް އެ ހުކުމުގައި ބުނެއެވެ.

އެ މައްސަލާގައި ނާޒިމްގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ނާޒިމް ދައުވާއަށް އެއްބަސްވެފައި ވާތީ އަވަސް ނިޔާއިން ބަލާ ވަނީ ނިންމާފައެވެ.

އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތަށް އަދަބު ކަނޑައަޅައިދިނުމަށް އެދި ނާޒިމް ވަނީ ރަން ހިމެނޭ މިކްސްޗާ ދައުލަތަށް ނެގުމަށް އިއުތިރާޒް ނުކުރާ ކަމަށް ބުނެފައެވެ.

ނާޒިމްގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ 60،000 ރުފިޔާ އިން ޖޫރިމަނާކުރާ ކަމަށާއި އެ ފައިސާ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަސް ތެރޭގައި މީރާއަށް ދައްކަން ޖެހޭ ކަމަށެވެ. އަދި ރަން ހިމެނޭ އެ ދެ ބުލެޓު ކަސްޓަމްސްއަށް ނެގުމަށްވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.