އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި މިހާރުވެސް ޖަލު ބަންދުގައި ހުރި ބަންގްލާދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) ގެ މައްޗަށް އުފުލާފައިވާ އިތުރު 40 ދައުވާގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފިއެވެ.

އަލަމްގީރްގެ މައްޗަށް އުފުލާފައި ވާ އިތުރު 40 ދައުވާ އަކީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާގެ ޝަރީއަތް މާދަމާ ހެނދުނު 10:00 ތާވަލް ކޮށްފައި ވާ އިރު ޝަރީއަތުގެ އެ އަޑުއެހުން ކުރިއަށް ގެންދާނީ ސިއްރު ކޮށްގެންނެވެ.

އަލަމްގީރު ހައްޔަރުކުރީ ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކަކާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގެ ތެރޭގައި ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއުގެ ވީޑިއޯ ހިމެނެއެވެ. މި މީހުންގެ މައްޗަށް އުފުލި ދައުވާ ތަކުގެ ތެރެއިން، ނާޒިމް އާއި، އަލަމްގިރީގެ އިތުރުން ރަފީއު ކުށަށް އިއުތިރާފު ވުމުން ވަނީ ހުކުމް ކޮށްފައެވެ.

\އަލަމްގިރިއަށް ވަނީ 7 މަސް ދުވަހުގެ ޖަލު ހުމުމެއް އިއްވާފައެވެ. އަދި ނާޒިމް އަށް ވަނީ 3 މަސް ދުވަހު ގޭބަންދު ގައި ހުރުމަށް ހުކުމް ކޮށްފައެވެ. އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައެވެ.