ހއ. ހޯރަފުށީ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އިސް މެޖިސްޓްރޭޓް ޝަރީފުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށީ ތަނާޒުލްވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ކަމަށް މީގެ ކުރިން ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން މިއަދު ބުނީ ޖަނަވަރީ 13، 2021 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހްުގީގު ކުރުމަށް ނޯޓިސްދީފައިވާ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފުގެ ސުލޫކީ މައްސަލަ ތަހުގީގުކޮށް, އެ މައްސަލަ ސާބިތުވެފައި ނުވާކަމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އިސް މެޖިސްޓްރޭޓް ޝަރީފްގެ ސުލޫކީ މައްސަލަ ތަހުގީގު ކޮށް މައްސަލަ ސާބިތުނުވާ ކަމަށް ޖޫން 26ގައި ބޭއްވި އެ ކޮމިޝަނުގެ 44 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ފަހަކަށް އައިސް ޖޭއެސްސީން އަންނަނީ މިފަދަ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.