ޑޮލަރުގެ ދަތިކަން ހައްލުކޮށް ބޭރު ފައިސާ ރިޒާވް ހިފެހެއްްޓޭނީ ޑޮލަރު ރޭޓު 17 ރުފިޔާއަށް ބޮޑުކޮށްގެން ކަމަށް ވިދާޅުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި މަރަދޫގައި ދެއްކެވި ވާހަކަފުޅު، އިތުރަށް ތަފްސީލްކޮށް ދެއްވަމުން ވިދާޅުވީ، އެކްސްޗޭންޖް ރޭޓް ފްލޯޓް ކުރުން މުހިއްމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ. އަދި އެހެން ހަދައިފި ނަމަ ދިވެހި ރުފިޔާ އާއި ޑޮލަރު ހަމަ އަގަށް ބަދަލުވާނެ ކަމަށާއި ބްލެކް މާކެޓް ނެތިގެން ދާނެ ކަމަށެވެ. އެގޮތުން އެ ހަމަ އަގަކީ 17 ރުފިޔާއަށް ވުން އެކަށީގެންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ޑޮލަރުގެ ދަތިކަން ހައްލުކޮށް ބޭރު ފައިސާ ރިޒާވް ހިފެހެއްްޓޭނީ ޑޮލަރުގެ ބޭންކު ރޭޓު 17 ރުފިޔާއަށް ބޮޑުކޮށްގެން ކަމަށް ބުނެ، ނަޝީދާ ހަވާލާދީ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ލިޔުންތަކާ ގުޅިގެންނެވެ. މި ލިޔުންތަކަކީ ރައީސް ނަޝީދު އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަރަދޫގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅަށް ލިޔެފައިވާ ލިޔުންތަކެވެ.
މަރަދޫގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގެ ބޭރު ފައިސާ ރިޒާވް އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައި ކަމަށާއި، އެކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. މިހާރު ވެސް ޑޮލަރުގެ އަގަކީ 17 ރުފިޔާ ކަމަށާއި، އެނޫން އަގަކަށް ޑޮލަރު ނުލިބޭ ކަމަށެވެ. އެހެން ކަމުން 15.42 ގެ ގޮތުގައި ރޭޓު ކަނޑައަޅައިގެން އަމިއްލަ ނަފްސަށް އޮޅުވާލުމަކީ ބޭކާރުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
2008 ވަނަ އަހަރު ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި އިރު ޑޮލަރުގެ އަގު 12.75 އަށް ހުރި އިރު، އޭރު ބްލެކް މާކެޓްގައި ޑޮލަރު ވިއްކާ އަގަކީ 14 ރުފިޔާއެވެ. ނަމަވެސް ނަޝީދުގެ ސަރުކާރުން ވަނީ ޑޮލަރުގެ އަގު 15.42 އަށް މައްޗަށް ޖައްސާފައެވެ. އެއާއެކު ބްލެކް މާކެޓްގައި ޑޮލަރު ލިބޭ އަގު ވެސް ވަނީ އުފުލިފައެވެ. އެ ގޮތުން 16 ރުފިޔާ އާއި 17 ރުފިޔާއަށް ބްލެކް މާކެޓްގައި ޑޮލަރު ވިއްކަމުން އަންނަ އިރު، އިގްތިސޯދީ ގޮތުން އެންމެ ބޮޑަށް ދަތިވަމުން އައި ދުވަސްވަރު ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ވަނީ 20 ރުފިޔާއަށް ވެސް އަރާފައެވެ.
ބަލަ އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކޮއްފަނުންތަ އެހެންބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒިނޭކުރާތަންފެންނަ 3 ފޮޓޯ އެބަހުއްޓޭ ތިމަންނައަތުގަ ކިޔާފަ ނޫސްވެރިން ސުވާލުކުރީމަ ބުނީ ތިމަންމެން ދެމީހުންނަކީ ވަރަށްގާތް ދެއެކުވެރިންނޭ އެހެންވީމަ ތިމްންނަމެން އަތުގަ ފޮޓޯހުންނާނެޔޭ ޒިނެކުރާފޮޓޮއެއްގެ ވާހަކަ ތިމަންނަ ނުބުނަމޭ މީނަޔަކީ އެއްގޮތަކަށްވެސް ތެދެއްހަދާނެމީހެއްނޫން
އެއްޗެއް ބުނެފައި ރައްޔިތުން ނުރުހިއްޖެ ނަމަ ބުނާނީ މަށެއް އެހެން ނުބުނަމޭ ނޫސްވެރިން އޮޅުވާލީއޭ ....ހަމާގައި އަބަދު އެންމެނަކު ތިބޭނޭ ކަމަކު ނެތޭ.