މިދިޔަ ބުދަ ދުވަހު ތާވަލުކުރި ކޮމިޓީގެ ބައްދަލުވުމަށް ލަހުން ހާޒިރުވެވުނީ މައްސަރުގެ ކަންކަން ދިމާވުމުން ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމަށް ނަހުލާ ވަޑައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަތުމުން، ކޮމިޓީން ވަނީ ނަހުލާ އަނބުރާ ފޮނުވާލައިފައެވެ. އެއަށްފަހު ކޮމިޓީން ނިންމީ އަމުރު ނެރެގެން ވިޔަސް ދެން އަންނަ ދުވަހަކަށް ނަހުލާ ހާޒިރުކުރުމަށެވެ.
ކޮމިޓީގެ ބައްދަލުވުމަށް މިއަދު ވަޑައިގެން، ބައްދަލުވުން ނިންމާލި ވަގުތު ނަހުލާ ވިދާޅުވީ، ދިމާވި ހާލަތަކާ ގުޅިގެން ކޮމިޓީ އަށް ހާޒިރުވުން ލަސްވާނެ ކަމަށް އަންގާފައި އޮންނާނެ ކަމަށެވެ. އަދި އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފައިވެއެވެ.
އަދި ކޮމިޓީ އަށް ލަހުން ވަޑައިގަތީ އިހްތިރާމް ކުޑަކުރުމުގެ ގޮތުން ނޫން ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ކަން ހިއްސާކުރައްވަން ޖެހިވަޑައިގަތީ ކޮމިޓީގެ ތެރޭގައި އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބުދަ ދުވަހުގެ ބައްދަލުވުމުގައި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް އެ މިނިސްޓްރީގެ ބޭފުޅުންނަށް ދަންނަވާފައިވާ ކަމަށާއި، މިނިސްޓަރު ވަޑައިނުގެންނެވި ކަމަށް ބަލައި ދެން އަންނަ ދުވަހަކަށް އަމުރު ނެރެގެން ވިޔަސް ހާޒިރުކުރުމަށް އެ ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވާ ކަމަށެވެ.
ދެން ދުވަހަކު ބުނާނީ އަންހެނަކަށްވީތީ ފިރިމީހާ ގޅނ ހިންގަން ބޭނުންވާތީއޭ.
އަންހެނުންނާމެދު އޯގާތެރިކޮށް ކަން ކުރެއްވުން އެދެން. އެއީ ޙަޔާތުގެ އެއްބައި. އިނބައުރެން ދުނިޔޭގެ ޙަޔާތަށް ނިކުތީ ކިހާ ދުވަހަކު އެއުރެންގެ ބަނޑުގައި އޮވެ ދުއްތުރާ ޖައްސާފައި. ރަސޫލާގެ ޙައްޖަތުލް ވަދާޢު އަޑު އައްސަވާލައްވަ.