ވައްކަން ކުރި މީހަކު ހައްޔަރުކުރުމުން ގުރޫޕުގެ މީހަކު މާފަންނު ސްޓޭޝަނަށް ވަދެ އިންޒާރުދީފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފައިވާ ކަމަށާއި ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފާ ވާތީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއަށްފަހު އެސްޓޭޝަން ކައިރިއަށް އެއްވި އެ ގުރޫޕުގެ މީހުނާމެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށާއި ޖަމާއަތް ހަދައި ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.
މި މަހުގެ 9 ވަނަ ދުވަހު ތިން ފުލުހަކަށް ހަމަލާދީފައިވާ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ތިން ފުލުހަކަށް ހަމަލާދީ ފިލަން ދަނިކޮށް މަޖީދީމަގު ޔޫރޯ ސްޓޯރު ކުރިމަތިން ހިފެހެއްޓި މީހުންނާއެކު ޖުމްލަ 5 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ ގޮތަށް އަދި އެކަކަށް 30 ދުވަހު ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.
ގޭންގުތަށް ވަރުގަދަވެ ފުލުހުންނަށް ހަމަލާދޭއިރު އަހަރުމެން ނިކަމެތިންގެ ހާލަކީކޮބާ ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ޒުވާނުންނޭ ކިޔާ ގޭންގުތަށް ބޭނުންކޮށް އެމީހުން ބާރުލިބިގެން