އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލާދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރަށް އިތުރު 40 ދައުވާއެއް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރްގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެއް ކުރުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަލަމްގީރު ހައްޔަރުކުރީ ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކަކާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮޮއްކޮ އަދި ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވީޑިއޯތައް ހިމެނެއެވެ. މި މީހުންނަށް ދައުވާ ކޮށްފައިވާ އިރު އަލަމްގީރާއި ނާޒިމް ކުށަށް އިއުތިރާފް ވުމުން މިހާރު ވަނީ ހުކުމްކޮށްފައެވެ.

އެގޮތުން އަލަމްގިރިއަށް ވަނީ 7 މަސް ދުވަހުގެ ޖަލު ހުމުމެއް އިއްވާފައެވެ. އަދި ނާޒިމް އަށް ވަނީ 3 މަސް ދުވަހު ގޭބަންދު ގައި ހުރުމަށް ހުކުމް ކޮށްފައެވެ. އެންމެ ފަހުން ކުރިއަށް ގެންދިޔަ ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުގެ ޝަރީއަތުގެ އަޑު އެހުމުގައި އޭނާ ވަނީ އެއްޖިއްސުން ގުޅުން ހިންގި ކަމަށް އިއުތިރާފް ވެފައެވެ.