ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތަށްވެސް މަޝްވަރާކުރުމުގެ އަހުލާގު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ ބައެއް މީހުނަށް ގަބޫލުކުރަން ކިތަންމެ ދަތިވިއަސް ރައީސް ސޯލިހުގެ ކިބައިކަން ކަންމުގައި މަޝްވަރާ ކުރެއްވުގެ އަހްލާގު ހުރި ވަރާ ގާތައްވެސް ރައީސް ޔާމީންގެ ކިބައިގައި އެ ސިފަ ނެތް ކަމަށެވެ. އަދި އެއީ އެ ދެ ބޭފުޅުން ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އެނގޭނެ ހަގީގަތެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ދާދިފަހުން ލ. ގަމުގައި ބޭއްވި "ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ވާހަކަދައްކަމުން ޤުރްއާންގައި ވާ ހެޔޮ ވެރިކަމެއްގެ ސިފަތައް މި ވެރިކަމުގައި އެބަހުރި ކަމަށް އިމްރާން ވިދާޅުވުމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

ހެޔޮ ވެރިކަމެއްގައި ހުންނަން ޖެހޭ އެންމެ މާތް، އެންމެ މަތިވެރި އަދި އެންމެ މޮޅު ސިފައަކީ ވެސް މަޝްވަރާކުރުން ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. އިމްރާންއަށް އަމާޒުވި ފާޑުކިޔުންތަކުގެ ދިފާއުގައި އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.